ރާއްޖޭގައި ތިބި ލަންކާގެ ގައިދީންތަކެއް އެ ގައުމުގެ ސަރުކާރާ ހަވާލު ކުރަނީ

ރާއްޖޭގެ ޖަލުތަކުގައި ހައްޔަރުކޮށްފައި ތިބި ސްރީލަންކާގެ ގައިދީންތަކެއް ސްރީލަންކާ ސަރުކާރާ ހަވާލު ކުރަން ދިވެހި ސަރުކާރުން ނިންމައިފި އެވެ. ސަރުކާރުގެ އެ ނިންމުމުގެ ދަށުން ރާއްޖޭގެ ޖަލުތަކުގައި ހައްޔ...

06 Jan 2015 | 12:57

ރާއްޖޭގެ ޖަލުތަކުގައި ހައްޔަރުކޮށްފައި ތިބި ސްރީލަންކާގެ ގައިދީންތަކެއް ސްރީލަންކާ ސަރުކާރާ ހަވާލު ކުރަން ދިވެހި ސަރުކާރުން ނިންމައިފި އެވެ.

ސަރުކާރުގެ އެ ނިންމުމުގެ ދަށުން ރާއްޖޭގެ ޖަލުތަކުގައި ހައްޔަރުކޮށްފައި ތިބި ލަންކާގެ 15 ގައިދީއަކު ލަންކާ ސަރުކާރާ ހަވާލުކުރުމަށް ވަނީ ނިންމައިފަ އެވެ. ނަމަވެސް އެއީ ކޮންކޮން މައްސަލަތަކެއްގައި ކިހާ މުއްދަތަކަށް ޖަލަށް ލާފައި ތިބި ގައިދީންތަކެއް ކަމެއް ހާމައެއް ނުކުރެ އެވެ.

ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހިމް މުއާޒު އަލީ މީޑިއާއަށް މައުލޫމާތުދެއްވަމުން ވިދާޅުވެފައިވަނީ ވަރަށް އަވަހަށް ކަމާ ބެހޭ ފަރާތްތަކުން އެމީހުން ލަންކާގެ ސަރުކާރާ ހަވާލުކުރުމުގެ ކަންތައް ކުރިއަށްގެންދާނެ ކަމަށެވެ. މުއާޒު ވިދާޅުވީ ސަރުކާރުން އެގޮތަށް ނިންމީ، ދިވެހި ސަރުކާރާއި ލަންކާ ސަރުކާރާ ދެމެދު އޮންނަ ގާތް ގުޅުމުގެ ތެރެއިން ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް