ސޫރިޔާގައި ހަނގުރާމަ ކުރާ ޖަމާއަތްތަކާ ގުޅުމަށް ރާއްޖޭގެ ހަތަރު މީހަކާއި ކުޑަ ކުއްޖަކު އެގައުމަށް ހިނގައްޖެ އެވެ.
ދުވަހަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ތުރުކީ މަގުން ސޫރިޔާ އަށް ދިޔަ ހަތަރު މީހުންގެ ތެރޭގައި ހިމެނެނީ ދެ ފިރިހެނުންނާއި ދެ އަންހެނުންނެވެ. އެ ދެ އަންހެނުންނަކީ އެ ދެމީހުންގެ އަންބިން ކަމަށް މައުލޫމާތު ލިބެ އެވެ.
އޭގެ ތެރެއިން ދެމަފިރިޔަކު ދިޔައީ އުމުރުން އަދި އެއް އަހަރު ވެސް ނުވާ ދަރިފުޅު ގޮވައިގެން ކަމަށް މައުލޫމާތު ލިބެ އެވެ.
ތުރުކީ ބޯޑަރު ހުރަސްކޮށް އެމީހުން ސޫރިޔާ އަށް އެތެރެވި ނަމަވެސް ހަނގުރާމަ ކުރާ އެއްވެސް ޖަމާއަތަކާ އެމީހުން ގުޅުނު ކަމެއް އަދި ނޭނގެ އެވެ. މިކަމާ ގުޅޭ ގޮތުން ފުލުހުން އަދި އެއްޗެއް ހާމައެއް ނުކުރެ އެވެ.
މީގެ ކުރިން ރ. މީދޫ އާއިލާއެއްގެ ބައެއްގެ އިތުުރުން ފުވައްމުލަކު ދެމަފިރިޔަކުވެސް ޖިހާދަށް ސީރިއާއަށް ދިޔަކަމުގެ މައުލޫމާތު ވަނީ ފެތުރިފައެވެ. އަދި އިތުރު ބަޔަކު ވަނީ ޖިހާދަށް ދިއުމަށް ސީރިއާއަށް ދާން އުޅެނިކޮށް ލަންކާއިން ހިފަހައްޓާފައި އެވެ. އެމީހުން ނަށް ރެާއްޖެއިން ނުފުރޭ ގޮތް މިހާރު ވަނީ ހަދާފައި އެވެ.
ސޫރިޔާ ހަނގުރާމައިގައި ބައިވެރިވާން ކުރިން ދިޔަ ބައެއް ދިވެހިން ގުޅިފައި ވަނީ ޖަބުހަތުއް ނުސްރާ (އަލްގައިދާ އިން ދަ ލޭވެންޓް) ގްރޫޕާ އެވެ. އެ ގްރޫޕާއި ގުޅިގެން ހަނގުރާމަ ކުރަމުން ދިޔަ ބައެއް މީހުން މަރުވިކަން އެ ގްރޫޕުގައި އުޅޭ ދިވެހިން މީގެ ކުރިން ވަނީ ހާމަކޮށްފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް