އަންޑޭއާއި ހަމީދަށް ސަފީރު ކަމުގެ ފަތްކޮޅު އަރުވައިފި

އިންޑިއާގައި ހުންނަވާ ދިވެހިރާއްޖޭގެ ސަފީރުކަމަށް އަހްމަދު މުހައްމަދު، އަދި ކުވެއިތާއި، އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ) އަށް ދިވެހިރާއްޖެއިން ކަނޑައަޅާ ނޮން ރެސިޑެންޓް ސަފީރުކަމަށް އަބްދުﷲ ހަމީދު އަ...

06 Jan 2015 | 09:20

އިންޑިއާގައި ހުންނަވާ ދިވެހިރާއްޖޭގެ ސަފީރުކަމަށް އަހްމަދު މުހައްމަދު، އަދި ކުވެއިތާއި، އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ) އަށް ދިވެހިރާއްޖެއިން ކަނޑައަޅާ ނޮން ރެސިޑެންޓް ސަފީރުކަމަށް އަބްދުﷲ ހަމީދު އައްޔަން ކުރައްވާ މަގާމުގެ ފަތްކޮޅު ދެއްވައިފި އެވެ.

އެ ދެ ބޭފުޅުންނަށް މަގާމުގެ ފަތްކޮޅު ދެއްވީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީނެވެ.

އަންޑޭ ކުރިން ހުންނެވީ ކޮމިޝަނާ އޮފް ކަސްޓަމްސްގެ މަގާމުގައި އެވެ. އެ މަގާމުގައި ހުންނަވަނިކޮށް ވަކިކުރައްވާ ރައީސް ވަނީ އޭނާ އިންޑިއާގައި ހުންނަ ރާއްޖޭގެ ސަފީރުކަމަށް އައްޔަން ކުރުމަށް ރުހުން ހޯދުމަށް މަޖިލީހަށް ހުށަހަޅާފައި އެވެ. އަހްމަދު މުހައްމަދު އިންޑިއާގައި ހުންނަވާ ސަފީރު ކަމަށް އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުން ރުހުންދީފައިވަނީ 27 އޮކްޓޫބަރު 2014 ގައެވެ.

ނޮން ރެސިޑެންޓް ސަފީރުކަމަށް އަބްދުﷲ ހަމީދު އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދެއްވީ 22 ޖުލައި 2014 ގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް