ފޫޅޫމައިންގެ ވަޒީފާއަށް ކުރިމަތި ލުމުގެ ފުރުސަތު އަނެއްކާވެސް ހުޅުވާލައިފި

ފޫޅުމައިންގެ ތެރެއިން ވަޒިފާ ގެއްލިފަިއިވާ  ފަރާތްތަކުން އަލުން އެ ވަޒީފާއަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ. ހެލްތު މިނިސްޓްރީން ބުނީ އަތޮޅުތެރޭގައި ފޫޅުމައިންގެ ވަޒީފާ ކުރިން އަދާކޮށްފައި...

06 Jan 2015 | 09:16

ފޫޅުމައިންގެ ތެރެއިން ވަޒިފާ ގެއްލިފަިއިވާ  ފަރާތްތަކުން އަލުން އެ ވަޒީފާއަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ހެލްތު މިނިސްޓްރީން ބުނީ އަތޮޅުތެރޭގައި ފޫޅުމައިންގެ ވަޒީފާ ކުރިން އަދާކޮށްފައިވާ، ހެލްތު ސާވިސަސް ކޯޕަރޭޝަންތަކުން ވަޒީފާ އިން ވަކިކޮށްފައިވާ ފޫޅުމައިންގެ ތެރެއިން އަލުން އެ ހިދުމަތާ ގުޅުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެ ފުރުސަތުއަނެއްކާވެސް ހުޅުވާލާފައިވާ ކަމަށެވެ. ވަޒީފާ ދޭނެ މީހުންގެ އަދަދު މިފަހަރު ކަނޑައަޅާފައި ނުވާއިރު މިނިސްޓްރީން ބުނީ ސިވިލް ސާވިސްގެ ގަވައިދުގެ ތެރެއިން ވަޒީފާ ދެވޭ އުމުރު ކަމަށްވާ 55 އަހަރުން ދަށުގެ ކޮންމެ ފޫޅުމައަކަށްވެސް ކުރިމަތި ލައިފިނަމަ އަލުންވަޒީފާ ދޭނެ ކަމަށެވެ.

ފޫޅުމައިކަމަށް ކުރިމަތި ލުމުގެ ފުރުސަތު މިމަހުގެ 22 ވަނަ ދުވަހުގެ 2:00ގެ ނިޔަލަށް ވަނީ ހުޅުވާލާފައި އެވެ.

ފޫލުމައިންގެ އަސާސީ މުސާރައަކީ 3470 ރ. އެވެ. މިނިސްޓްރީން ބުނީ އޭގެ އިތުރުން ކުރިންވެސް ލިބުނު އެލަވަންސްތައް ލިބޭނެ ކަމަށާއި، އެ މީހުންގެ ޒިންމާއަކީ ރަށްރަށުގައި ތިބި މާބަނޑު މީހުން ހޭލުންތެރި ކުރުވުމާއި ގޭގެއަށް ގޮސް މާބަނޑު މީހުންގެ ބަލި ހާލަތު ބެލުން ކަމަށެވެ.

ރީގެ ރައީސް ނަޝީދުގެ ވެރިކަމުގައި އޭރު ރަށްރަށުގައި ތިބި ފޫޅުމައިން ވަޒީފާ އިން ވަކިކުރުމަށް ފަހު އެ މަގާމު ވަނީ އުވާލާފައި އެވެ. ނަމަވެސް މިދިޔަ އަހަރު އަލުން ވަނީ އެފަރާތްތަކަށް ވަޒީފާ ދިނުމުގެ ގޮތުން އެކަމަށް އެދުމުގެ ފުރުސަތު ހުޅުވާލާފައި އެވެ. އެފަހަރު 44 ފޫޅުމައަކަށް އަލުން ވަޒީފާދީފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް