މަސްވެރިކަމާއި ދަނޑުވެރިކަމުގެ ދާއިރާއިން އިތުރު މަސައްކަތް ކުރުމަށް ލޯނަށް އެދުމުގެ ފުރުސަތު ހުޅުވާލައިފި

މަސްވެރިކަމާއި ދަނޑުވެރިކަމުގައި ބޭނުން ކުރުމަށް ފަހު އުކާލެވޭ ބައިތަކުން ތަކެތި އުފައްދާ އުފައްދަން ބޭނުންވާ ފަރާތްތަކުން ލޯނަށް އެދުމުގެ ފުރުސަތު ހުޅުވާލައިފި އެވެ. ފިޝަރީޒް މިނިސްޓްރީން މިއަދު ބުނީ...

06 Jan 2015 | 07:41

މަސްވެރިކަމާއި ދަނޑުވެރިކަމުގައި ބޭނުން ކުރުމަށް ފަހު އުކާލެވޭ ބައިތަކުން ތަކެތި އުފައްދާ އުފައްދަން ބޭނުންވާ ފަރާތްތަކުން ލޯނަށް އެދުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ފިޝަރީޒް މިނިސްޓްރީން މިއަދު ބުނީ އެ ލޯނަކީ މަސްވެރިކަމާއި ދަނޑުވެރިކަމުގައި ހަރަކާތްތެރިވަމުންދާ ކޯޕަރޭޓިވްސް އަދި ކުންފުނިތަކުގެ އުފެއްދުންތެރިކަން އިތުރުކޮށް، މަސްވެރިކަމާއި ދަނޑުވެރިކަމުގެ އުކާލެވޭ ބާވަތްތަކުން ތަކެތި އުފައްދާ ފަރާތްތަކުގެ އުފެއްދުންތައް އިތުރުމުގެ މަގުސަދުގައި ދޫކުރުމަށް ނިންމާފައިވާ ލޯނެއް ކަމަށެވެ.

ލޯނަށް އެދުމުގެ ފުރުސަތު މިމަހުގެ 31 ގެ ނިޔަލަށް ހުޅުވާލާފައިވާއިރު ފޯމް ބަލައިގަތުމަށް ހަމަޖެހިފައިވަނީ ބޭންކް އޮފް މޯލްޑިވްސްގެ ބާޒާރު ބްރާންޗާއި ލައިޓް ފިޔަވާ އެހެން ބްރާންޗްތަކުންނެވެ. އަދި ފިޝަރީޒް މިނިސްޓްރީގެ ދަށުން ހިންގާ މެރިން ރިސާޗް ސެންޓަރުންނާއި މިނިސްޓްރީގެ ވެބްސައިޓުން ޑައުންލޯޑޫ ކުރެވޭނެ ކަމަށެވެ.

މަސްވެރިންނަށާއި ދަނޑުވެރިންނަށް ދޫކުރާ އެ ލޯނަކީ އެ މިނިސްޓްރީގެ ފިޝަރީޒް އެންޑް އެގްރިކަލްޗަރަލް ޑައިވަރސިފިކޭޝަން ޕްރޮގްރާމުގެ ދަށުން އިންޓަރނޭޝަނަލް ފަންޑް ފޯ އެގްރިކަލްޗަރަލް ޑިވެލޮޕްމަންޓް (އިފާޑް) ގެ އެހީގައި ދޫކުރުމަށް ނިންމާފައިވާ ލޯނު ތަކެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް