ހުޅުމާލެ ސުނާމީ ޖެޓީ ސަރަހައްދުން ބިޔަރު ދަޅު ތަކަކާއެކު ދެ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
ފުލުހުން ބުނީ އެ މައްސަލަ ހައްޔަރުކޮށްފައިވަނީ 21 އަހަރުގެ ފިރިހެނަކާއި 22 އަހަރުގެ ފިރިހެނެކެވެ. ފުލުހުން ބުނީ އެމީހުންގެ އަތުން 12 ބިޔަރު ދަޅު ފެނިފައިވާ ކަމަށާއި އެ ދަޅުތައް ފެނިފައިވަނީ އެ ދެ މީހުން ގެންގުޅުނު ކަޅުކުލައިގެ ޑަސްބިން ކޮތަޅެއްގެ ތެރެއިން ކަމަށެވެ.
އެމީހުން އަތުލއިގެންފައިވަނީ ރޭ ހުޅުމާލެތެރެ ޕެޓްރޯލް ކުރަން އުޅުނު ފުލުހުންނަށް އެ ދެ މީހުންގެ އަމަލުތައް ހުރި ގޮތުން ހުއްޓުވާ ބަލާ ފާސްކުރުމުގެ ތެރޭގައި އެވެ
މި މައްސަލަ ހުޅުމާލެ ޕޮލިސް ސްޓޭޝަނާއި ޑްރަގް އެންފޯސްމަންޓް ޑިޕާރޓްމަންޓް ގުޅިގެން ދަނީ ތަޙުގީގު ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް