ރާއްޖޭގައި ޓެރަރިސްޓުންނަށް ތާއީދުކުރާ ފަރާތްތައް ގިނަކަމަށްބުނެ އިސްރާއީލުން ޓްރެވަލް އެޑްވައިޒަރީގެ ދަރަޖަ މަތިކޮށްފި

އިސްރާއީލުން އެ ގައުމުން އެހެން ގައުމުތަކަށް ޒިޔާރަތްކުރާ ފަރާތްތަކަށް ނެރޭ ޓްރެވަލް އެޑްވައިޒަރީތަކަށް ބަދަލުތަކެއް ގެނެސްފިއެވެ. އެގޮތުން މިއަދު ތިން ބަދަލެއް ގެނެސްފައިވާކަމަށް އިސްރާއީލު މީޑިއާއިނ...

05 Dec 2024 | 14:55

އިސްރާއީލުން އެ ގައުމުން އެހެން ގައުމުތަކަށް ޒިޔާރަތްކުރާ ފަރާތްތަކަށް ނެރޭ ޓްރެވަލް އެޑްވައިޒަރީތަކަށް ބަދަލުތަކެއް ގެނެސްފިއެވެ.

އެގޮތުން މިއަދު ތިން ބަދަލެއް ގެނެސްފައިވާކަމަށް އިސްރާއީލު މީޑިއާއިން ބުނެއެވެ.

އެއް ބަދަލަކީ ބްރެޒިލަށް ކުރިން ނެރެފައިއޮތް އެޑްވައިޒަރީ ލެވެލް ދެއަކުން އެކަކަށް ދަށް ކުރުމެވެ. ދެވަނަ ބަދަލަކީ އަރްމޭނިޔާއަށް ކުރިން އޮތް ލެވެލް އެކަކުން ދެއަކަށް މަތި ކުރުމެވެ. އަދި ތިންވަނަ ބަދަލަކީ ރާއްޖެއަށް ކުރިން އޮތް ލެވެލް ދެއަކުން ތިނަކަށް މަތި ކުރުމެވެ.

ލެވެލް ތިނަކީ ކޮންމެހެން ކުރަން ޖެހިއްޖެ ދަތުރެއް ފިޔަވައި ނުކުރުމަށް އަންގާ ލެވެލެކެވެ.

އިސްރާއީލުން ބުނެފައިވަނީ ރާއްޖެއަށް އެ ލެވެލް މަތިކުރީ ރާއްޖޭގައި ޓެރަރިސްޓުންނަށް ތާއީދުކުރާ ފަރާތްތައް ގިނަވެފައި އިސްރާއީލަށް ނިސްބަތްވާ މީހެއްނަމަ ހަމަލާއެއް ދީފާނެކަމުގެ ބިރު ބޮޑުވުމުން ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް