ބިދޭސީއަކަށް ވަޅިން ހަމަލާދީ މާރާމާރީ ހިންގައި ފޯނު ފޭރިގަތް މައްސަލައެއްގައި މީހަކު ހައްޔަރު

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ބިދޭސީއަކަށް ވަޅިއަކުން ހަމަލާދީ މާރާމާރީ ހިންގައި އެ ބިދޭސީ މީހާގެ ފޯނު ފޭރުނު މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފިއެވެ. ފުލުުހުން މީޑިޔާ ތަކަށް ފޮނުވި މެސެޖެއްގައި ބުނ...

05 Dec 2024 | 11:01

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ބިދޭސީއަކަށް ވަޅިއަކުން ހަމަލާދީ މާރާމާރީ ހިންގައި އެ ބިދޭސީ މީހާގެ ފޯނު ފޭރުނު މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުުހުން މީޑިޔާ ތަކަށް ފޮނުވި މެސެޖެއްގައި ބުނީ، ހިތިގަސްމަގުގައި ބިދޭސީއަކަށް ވަޅިން ހަމަލާދީ މާރާމަރީ ހިންގައި އޭނާގެ ފޯނު ފޭރުނު މައްސަލައެއް އިއްޔެ ވަނީ ފުލުހުންނަށް ރިޕޯޓްކޮށްފައި ކަމަށެވެ.

ފުލުހުން ބުނިގޮތުގައި މި މައްސަލައާ ގުޅިގެން ވަޅިން ހަމަލާދީ، ފޭރުނު މީހާ ހޯދުމަށް ސީސީޓީވީ ފޫޓޭޖް ބަލައި ދެނެގަނެ، އިއްޔެގެ ވަގުތެއްގައި އެ މީހާ ވަނީ ހައްޔަރު ކޮށްފައި ކަމަށެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ހދ. މާރަންދޫ އުތުރުގެ، އިބްރާހިމް މުހައްމަދު 40އ އެވެ.

މި މައްސަލާގައި އަނިޔާވި ބިދޭސީ މީހާ އެޗް 16 ކްލިނިކްގައި ފަރުވާ ދިނުމަށް ފަހު ދޫކޮށްލާފައިވާ ކަމަށްވެސް ފުލުހުން ބުނެފައި ވެއެވެ.

ފުލުހުން ބުނީ، މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓަށް މިއަދު ހާޒިރު ކުރުމުން ތަހުގީގު މަރުހަލާ ނިމެންދެން ބަންދު ކުރުމަށް އަމުރުކޮށްފައިވާ ކަމަށެވެ.

މި މައްސަލައާ ގުޅިގެން އިތުރު މީހަކު ހޯދަމުންދާ ކަމަށާއި، މި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށްވެސް ފުލުހުން ބުނެފައި ވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް