ސައިބަރ އެކްސްޕޯ މިމަހު 11 ގައި ފަށަނީ

"ސައިބަރ އެކްސްޕޯ 2024'' ބޭއްވުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ފަސް ފަރާތަކާއެކު އެއްބަސްވުމުގައި ސޮއިކޮށް، މި މަހުގެ11 ގައި ބޭއްވުމަށް ނިންމައިފިއެވެ. "ސައިބަރ އެކްސްޕޯ 2024'' ބޭއްވުމަށް ދިވެހި ފުލ...

05 Dec 2024 | 10:18

"ސައިބަރ އެކްސްޕޯ 2024'' ބޭއްވުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ފަސް ފަރާތަކާއެކު އެއްބަސްވުމުގައި ސޮއިކޮށް، މި މަހުގެ11 ގައި ބޭއްވުމަށް ނިންމައިފިއެވެ.

"ސައިބަރ އެކްސްޕޯ 2024'' ބޭއްވުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ފަސް ފަރާތަކާއެކު އެއްބަސްވުމުގައި ސޮއިކުރިއިރު މިފަސް ފަރާތަކީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮންޕެނީ، އެމްޓީސީސީއާއި، މޯލްޑިވްސް އިސްލާމިކް ބެންކު، ޕަބްލިކް ސާވިސް މީޑިއާ، ދިރާގުގެ އިތުރުން ޕާކްސައިޑެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ މި ޑިސެމްބަރު މަހުގެ 11 އިން 13 އަށް ހުޅުމާލެ ސެންޓްރަލް ޕާކުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިިފައިވާ މި ސައިބަރ އެކްސްޕޯއަކީ ސަރުކާރުގެ މުއައްސަސާތަކާއި ކުންފުނިތަކާއި އަމިއްލަ ކުންފުނިތަކާއި ފަންނީ ބޭފުޅުންނަށް ހުޅުވާލައިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އެކްސްޕޯއެއްކަމަށެވެ.

އަދި މި އެސްޕޯއަކީ އެންމެން ގުޅިގެން ރައްކާތެރި ޑިޖިޓަލް މާހައުލެއް ގާއިމުކުރުމާއި އާންމު ރައްޔިތުން ސައިބަރ ސެކިއުރިޓީއަށް އަހުލުވެރިކުރުވުމަށް ބާއްވާ އެކްސްޕޯއެއްކަމަށްވެސް ފުލުހުންގެ ޚިދުމަތުން ވިދާޅުވެއެވެ.

އިސްކަންދަރު ބިލްޑިންގގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި، މި ފަހުމުނާމާތަކުގައި ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން ސޮއިކުރެއްވީ ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާއުއެވެ.

މިއެއްބަސްވުމުގައި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮންޕެނީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ޑެޕިއުޓީ ޗީފް އޮޕަރޭޓިންގ އޮފިސަރ ހުސައިން ނައުފަލްއެވެ. މޯލްޑިވްސް އިސްލާމިކް ބެންކުގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ ޗީފް އެގްޒެކެޓިވް އޮފިސަރ އަޙްމަދު ރިޟާއެވެ. ޕަބްލިކް ސާވިސް މީޑިއާގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ސަޢީދެވެ. ދިރާގުގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ އިސްމާއީލް ރަޝީދެވެ. އަދި ޕާކްސައިޑްގެ ފަރާތުން ސޮއިކުރެއްވީ ޕާކްސައިޑްގެ ވެރިޔާ އަލީ ތައުފީޤެވެ.

ސައިބަރ ކްރައިމްގެ އަމަލުތައް ހުއްޓުވުމަށް ދިވެހިރާއްޖޭގެ ޤާނޫނުލްއުޤޫބާތުގެ ޤާނޫނަށްވަނީ އިސްލާހެއްވެސް ހުށަހަޅާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް