ސްޓެލްކޯއިން އަލަށް ބިނާކޮށްފައިވާ އެ ކުންފުނީގެ ބިޒްނަސް ސެންޓަރުގައި ހުކުރު ދުވަހު (މާދަމާ) ކުޑަކުދިންގެ ހަވީރެއް ބާއްވާނެކަން ހާމަކޮށްފިއެވެ.
ސްޓެލްކޯއިން މިއަދު ބުނެފައިވަނީ ވޭތުވެދިޔަ 6 މަސްދުވަހު އެ ކުންފުނީގެ މުވައްޒަފުން ވަރަށް ބުރަކޮށް މަސައްކަތްކޮށް، ސްޓެލްކޯ ބިޒްނަސް ސެންޓަރު އިމާރާތް ކުރުމުގެ މަސައްކަތް ވަރަށް ފުރިހަމައަށް ނިންމާފައިވާތީ، އެ މުވައްޒަފުންގެ ހިތްވަރާއި ޖޯޝާއި މަސައްކަތުގެ ނަމޫނާ އަޙުލާޤު ފާހަގަކޮށް، އެ މުވައްޒަފުންގެ ހުނަރުވެރިކަން އެ މުވައްޒަފުންގެ ޢާއިލާތަކަށް ދައްކާލުމާއި، އެ ޢާއިލާތަކުގެ ކުޑަކުދިންގެ އިތުރުން ހުރިހާ ކުޑަކުދިންނަށް ހުޅުވާލައިގެން ބާއްވާ ޚާއްސަ ކުޑަކުދިންގެ ހަވީރެއް މާދަމާ އޮންނާނެކަމަށެވެ.
މި ހަވީރު މާދަމާގެ ހަވީރު 16:00 އިން 18:00 އަދި ރޭގަނޑު 20:00 އިން 21:30 އަށް ސްޓެލްކޯ ބިޒްނަސް ސެންޓަރު އިމާރާތުގައި ކުރިއަށްދާނެ ކަމަށް ސްޓެލްކޯއިން ބުނެފައިވެއެވެ. މި ކުޑަކުދިންގެ ހަވީރަކީ އާންމުކޮށް ހުޅުވާލެވިފައިވާ ކުޑަކުދިންގެ ހަވީރެއްކަންވެސް ސްޓެލްކޯއިން ފާހަގަކޮށްފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް