އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ މެންޗެސްޓަރ ޔުނައިޓެޑާއި ދެކޮޅަށް ކުޅުނު މެޗު ކާމިޔާބުކޮށް ލީގުތާވަލްގެ ތިންވަނައަށް އާސެނަލް ޖެހިލައިފިއެވެ.
ރޭ ކުޅުނު މި މެޗުގައި އާސެނަލް އިން ޔުނައިޓެޑް ބަލިކުރީ0-2 ގެ ނަތީޖާއިންނެވެ.
ލަންޑަނުގެ އެމިރޭޓްސް ސްޓޭޑިއަމްގައި ފަސްދޮޅަށް ހާހަށްވުރެ ގިނަ މީހުންގެ ކުރިމަތީގައި ކުޅުނު މި މެޗު އާސެނަލްއިން ކާމިޔާބުކުރިއިރު މިއީ ޔުނައިޓެޑްގެ ކޯޗު ކަމާއި އަލަށް ހަވާލުވި ރުބެން އަމޮރިމްގެ އިރުޝާދުގެ ދަށުން އެ ޓީމު ބަލިވި ފުރަތަމަ މެޗެވެ.
މި މެޗުގެ ފުރަތަމަ ހާފުގައި އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ކުރެވިފައިނުވާއިރު ދެ ޓީމަށްވެސް ވަނީ ލަނޑު ޖަހަން ރަގަޅު ފުރުސަތުތަކެއް ލިބިފަ އެވެ. އެގޮތުން ޔުނައިޓެޑްގެ ޑިއޮގޯ ޑަލޮޓް އަށް ލިބުނު ފުރުސަތު ފާހަގަކޮށްލެވެ އެވެ.
އާސެނަލް އިން މި މެޗުގައި ލަނޑު ޖަހާ ލީޑު ނަގާފައިވަނީ މެޗުގެ 54 ވަނަ މިނިޓުގައި ޑިފެންޑަރ ޖުރިއެން ޓިމްބަރ ކާމިޔާބުކޮށްދިން ލަނޑުންނެވެ. މި ލަނޑަކީ ޑެކްލަން ރައިސް ނެގި ކޯނަރު ބޮލުން ޖަހާ ގޯލުގެ ތެރެއަށް ފޮނުވާލައިގެން ޓިމްބަރ ކާމިޔާބުކޮށްފައިވާ ލަނޑެކެވެ.
އަދި މެޗުގެ 73 ވަނަ މިނިޓުގައި ތޯމަސް ޕާޓޭ ނަގައިދިން ކޯނަރުން ވިލިއަމް ސަލީބާ ވަނީ އިތުރު ލަނޑެއް ޖަހާ މެޗުގެ ނަތީޖާ 2-0 އަށް ބަދަލުކޮށްފަ އެވެ.
މި މެޗުން އާސެނަލް މޮޅުވުމާއެކު އެ ޓީމަށް ވަނީ 28 ޕޮއިންޓާއެކު ތާވަލުގެ ތިންވަނަ ލިބިފަ އެވެ. އެއްވަނައިގައި އޮތް ލިވަޕޫލް އަށް 35 ޕޮއިންޓް ލިބިފައިވާއިރު ދެ ޓީމުގެ ދެމެދުގައިވާ ފަރަގު ވަނީ 7 ޕޮއިންޓަށް ކުޑަވެފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް