ގޯލްޑް ކަޕް 2024: ސައްތައިން ސައްތަ ރެކޯޑަކާއި އެކު ފުވައްމުލަކުން ގުރޫޕް މެޗުތައް ނިންމާލައިފި

ރާއްޖޭގައި ވަޅުޖަހާފައި އޮޔް ބޮޑު ފުޓޫބޯޅަ އަލުން ވުޖޫދުކޮށް، ފުޓުބޯޅައިގެ ފޯރި އަލުން ގެނައުމަށް މިހާރު ކުޅެމުން އަންނަަ ނައިންޓީ ޕްލަސް ގޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ގްރޫޕް އޭގައި ބުދަ ދުވަހުގެ ރޭ...

05 Dec 2024 | 03:39

ރާއްޖޭގައި ވަޅުޖަހާފައި އޮޔް ބޮޑު ފުޓޫބޯޅަ އަލުން ވުޖޫދުކޮށް، ފުޓުބޯޅައިގެ ފޯރި އަލުން ގެނައުމަށް މިހާރު ކުޅެމުން އަންނަަ ނައިންޓީ ޕްލަސް ގޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ގްރޫޕް އޭގައި ބުދަ ދުވަހުގެ ރޭ ގދ. ފަރެސްމާތޮޑާ އަތުން މޮޅުވެ، ޏ. ފުވައްމުލަކު ސިޓީން ގްރޫޕް ސްޓޭޖު ސައްތަ އިން ސައްތަ ރެކޯޑަކާ އެކު ނިންމާލައިފި އެެވެ.

ފުވައްމުލަުކުން ރޭ ކުޅުނު ގުރޫޕުގެ ފަހު މެޗުގައި ފަރެސްމާތޮޑާ އަތުން މޮޅުވީ 0-5 ގެ ނަތީޖާއިންނެވެ.

ރޭގެ މި މޮޅާއި އެކު ގްރޫޕް އޭގެ އެއް ވަނައިގައި ފުވައްމުލަކު އޮތީ ކުޅުނު ތިން މެޗުން ލިބުނު 12 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ދިއްދޫ އާއި ތިން ވަނައިގައި އޮތް ދ. މީދު އަދި ހަތަރެއްގައި އޮތް ކުޑަހުވަދޫ އަށް ވަނީ ތިން ޕޮއިންޓް ލިބިފަ އެެވެ. އަދި އެންމެ ފުލުގައި އޮތް ގދ. ފަރެސްމާތޮޑާ އަށް އަދި ޕޮއިންޓެއް ނުލިބެ އެވެ.

ގަލޮޅު ދަނޑުގައި ރޭ ކުޅުނު މެޗުގައި ފުވައްމުލަކު ޓީމަށް ކުޅޭ ގާނާ ޓީމުގެ ފޯވާޑް، ކޯފީ އޮވޫސޫ ވަނީ ހެޓްރިކެއް ހަދައިފަ އެވެ. އަނެއް ދެ ގޯލުގެ ތެރެއިން އެއް ގޯލަކީ ފަރެސްމާތޮޑާގެ ކުޅުންތެރިއަކު އަތުން ބައިކޮޅަށް ވަން ގޯލެކެވެ. އަދި ފުވައްމުލަކުގެ ފަހު ގޯލު ޖެހީ މުހައްމަދު އިޔާޝް އަހުމަދު އެވެ.

ދެ ވަނަ ބުރުގެ 12 ޖާގައިގެ ތެރެއިން 10 ޖާގައެއް ވަނީ މިހާރު ކަށަވަރުވެފަ އެވެ. އެ ޖާގަތައް ހޯދީ، މާފުށީގެ އިތުރުން، ނައިފަރު، ކ. ގުރައިދޫ، ޅ. ކުރެންދޫ، އައްޑޫ ސިޓީ، ފުވައްމުލައް ސިޓީ، މާލެ ސިޓީ، ބ. އޭދަފުށި، ރ. އަލިފުށި އަދި ތިމަރަފުށިންނެވެ. ގޯލްޑް ކަޕްގެ ދެ ވަނަ ބުރު ކުރިއަށްދާނީ ފުރަތަމަ ބުުރުގެ 17 ޓީމުގެ ތެރެއިން އެންމެ ރަނގަޅު 12 ޓީމު، ހަތަރު ގްރޫޕަކަށް ބަހާލައިގެންނެވެ. ދެ ވަނަ ބުރުގެ ކޮންމެ ގްރޫޕެއްގައި ހިމެނޭނީ ތިން ޓީމެވެ.

ދެ ވަަނަ ބުުރުގެ ފަހު ދެ ޖާގަ އަށް ވާދަކުރަނީ، ގްރޫޕް އޭގެ މީދޫ، ދިއްދޫ އަދި ކުޑަހުވަދޫ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް