ދަރުމަވަންތަ ސްކޫލުގެ އާ އިމާރާތުގެ ދޮރުތަކުގެ ބިއްލޫރިތައް ތެޅޭ މައްސަލައިގާ އެ ބިއްލޫރިތައް އަލުން ބަދަލުކުރަން ޖެހިފައިވާއިރު އެކަމުގައި އެ އިމާރާތް ކުރި ފަރާތުން އެކަމުގައި މިނިސްޓްރީ ގޯސްކޮށްފިއެވެ.
އެގޮތުން "ދަރުމަވަންތަ އާ ސްކޫލަށް 3 މަސް، ބިއްލޫރިތައް ތެޅި ނުރައްކާ އޮތުމުން ބަދަލުކުރަން ޖެހިއްޖެ" މި ސުރުހީގެ ދަށުން ލިޔެފައިވާ ޚަބަރާއި ގުޅޭގޮތުން އެސްޖޭ ކޮންސްޓްރަކްޝަން ކުންފުނިން މިއަދު ބުނެފައިވަނީ ދޮރުތަކުގެ ބިއްލޫރީގެ ބޯމިން 10 މިލިމީޓަރަށް ބަދަލުކުރަން މިނިސްޓްރީގައި އެދުމުން، ކުރެހުމުގައި ހުރި ގޮތަށް މަސައްކަތް ކުރުމަށް އެންގި ކަމަށެވެ.
" ވިދާޅުވީ ކުރެހުމުގައި ހުރިގޮތަށް މަސައްކަތް ކުރުމަށް. އެހާއުސް ދޮރުތަށް ހިފަހައްޓާނީ ދޮރުގެ ޑިޒައިންނަށް ބަދަލު ގެނެސްގެން" އެސްޖޭ އިން ބުނެފައިވެއެވެ.
އެ ކުންފުނިން ބުނެފައިވަނީ އެ ޕްރޮޖެކްޓަކީ ޑިޒައިންގެ ބޮޑެތި މައްސަލަހުރި ޕްރޮޖެކްޓެއް ކަމަށާއި އެގޮތުން ފައުންޝަނުގެ މަސައްކަތް ކުރަނިކޮށް ފައުންޑޭޝަން ފެއިލްވިކަންވެސް ފާހަގަވި ކަމަށެވެ.
"އެކަން މިނިސްޓްރީގެ ސަމާލުކަމަށް ގެނައުމުން އެކަން ރަގަނޅު ކުރަން މިނިސްޓްރީން އެއްބަސްވީ، ފައުންޑޭޝަން އަލުން ރީ ޑިޒައިން ނުކޮށް މަސައްކަތް ނުކުރާނެ ކަމަށް އެންގުމުން. ބައެއް ސިޑިތަކުގެ ރެއިލިންވެސްނެތް، ސިޑިކާރި ރާނަންވެސް ނެތް. އެކަން ކުރުމަށްވެސް މިނިސްޓްރީން ހުއްދަދިނީ ހުޅުވަން ހަފްތާއަކަށްވީފަހުން." މިނިސްޓްރީ އިތުރަށް ގޯސްކޮށް ބުނެފައިވެއެވެ.
އެސްޖޭއިން އިތުރަށް ބުނެފައިވަނީ ކޮންޓްރެކްޓަރަކީ އަމިއްލަ އަމިއްލައަށް ޑިޒަނާއި މެޓީރިއަލަށް ބަދަލު ގެނެވޭނެ ފަރާތެއްނޫން ކަމަށާއި ދަރުމަވަންތަ ސްކޫލުގައި ބޭނުންކޮށްފައިވާ ހުރިހާ މެޓީރިއަލަކީ ކުރެހުމާއި ޓެކްނިކަލް ސްޕެސިފިކޭޝަނާއި އެއްގޮތަށް ފާސްކޮށްފައިވާ މެޓީރިއަލްތައް ކަމަށެވެ.
މި މައްސަލައިގާ އެޑިއުކޭޝަން އިން މިއަދު މިހާރު ނޫހަށް ހާމަކޮށްފައިވާގޮތުގައި އެ ކުންފުންޏާ އެކު ހެދި އެގްރިމެންޓުގައިވާ ގޮތުން، މަސައްކަތް ނިންމާތާ އެއް އަހަރުގެ ތެރޭގައި ތަނެއް ހަލާކުވެއްޖެ ނަމަ ނުވަތަ މަރާމާތެއް ކުރަން ޖެހޭނަމަ އެކަން ކުރާނީ އެސްޖޭއިންނެވެ.
މިނިސްޓަރު ވިދާޅުވެފައިވަނީ ފިޔަވަހިތަކަށް ބަހާލައިގެން އެ ހުރިހާ ދޮރެއް ބަދަލުކުރާނެ ކަމަށާއި އެކަން ކުރަން ޖެހޭނީ ކޮންޓްރެކްޓަރު ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް