ދަރިފުޅު ސުކޫލުން އައުމުން މި ސުވާލުތައް ކޮށްލާށެވެ

ސްކޫލް ދުވަސް ދިޔައީ ކިހިނެއް ހެއްޔެވެ؟ މައިންބަފައިން މި ސުވާލު ކުރުމުން ގިނަފަހަރަށް ލިބެނީ 'ރަނގަޅު' ގެ އެއް ބަހުގެ ޖަވާބެކެވެ. މިއީ އަޑު އިވުމުން ފޫހިވާ ޖަވާބެއްނަމަ، ދަރިންނާ އެކު މިއަށްވުރެ ރަނގ...

05 Dec 2023 | 05:26

ސްކޫލް ދުވަސް ދިޔައީ ކިހިނެއް ހެއްޔެވެ؟ މައިންބަފައިން މި ސުވާލު ކުރުމުން ގިނަފަހަރަށް ލިބެނީ 'ރަނގަޅު' ގެ އެއް ބަހުގެ ޖަވާބެކެވެ. މިއީ އަޑު އިވުމުން ފޫހިވާ ޖަވާބެއްނަމަ، ދަރިންނާ އެކު މިއަށްވުރެ ރަނގަޅު އުފެއްދުންތެރި ވާހަކައެއް ދައްކަން އެހީތެރިވެދޭނެ ޝައުގުވެރި ސުވާލުތަކެއް ތިރީގައި މިވަނީ އެވެ.

މިއަދު ބޭރުގައި ކުޅެން ލިބުނު ހެއްޔެވެ؟

ބޭރުގައި ކުޅެން ވަގުތު ލިބޭތޯ ކުޑަކުދިންނާ ސުވާލު ކުރުމަކީ ރަނގަޅު އައިސް ބްރޭކަރަކަށް ވެދާނެ އެވެ. މިކަމުގެ ސަބަބުން ކުޅިވަރަށް އެކުދިންގެ ޝައުގުވެރިކަމާއި އެމީހުން އެންމެ ލޯބިވާ ހުރިގޮތް ދެނެގަނެވޭނެއެވެ.

މިއަދު ކުރަން ޖެހުނު އެންމެ އުނދަގޫ ކަމަކީ ކޮބާ؟

ކުޑަކުދިންނަށް ވެސް ގޮންޖެހުންތައް ކުރިމަތިވެދާނެ އެވެ. ސުކޫލުގައި އެކުދިންނަށް އެންމެ އުނދަގޫވާ ކަންތައްތަކާ ބެހޭގޮތުން އެކުދިންނާ ވާހަކަ ދެއްކުމުން އެކުދިންނަށް ޙައްލު ހޯދުމުގައި އެހީތެރިވެދޭނެ ގޮތްތައް ދެނެގަތުމަށް މަގުފަހިވެގެންދެއެވެ.

މުދައްރިސް މިއަދު އެންމެ ގިނައިން ބުނީ ކޮން ބަހެއް ހެއްޔެވެ؟

"މިއީ ކްލާސްރޫމެއްތަ ނޫނީ މަސް މާރުކޭޓެއްތަ؟". މިއީ އަޅުގަނޑުމެންގެ ސުކޫލު ދުވަސްވަރު މުދައްރިސުން ވަރަށް ގިނައިން ވިދާޅުވާ ޖުމްލައެކެވެ. ސްކޫލަށްފަހު އެކުދިން ވަރުބަލިކަން ހަނދާން ނައްތާލާނެ މަޖާ ސުވާލެއް ދަރިފުޅަށް ކޮށްލުމަށް މީ ރަނގަޅު ސުވާލެކެވެ.

މިއަދު ސްކޫލުގައި ހިނގި އެންމެ މަޖާ ކަމަކީ ކޮބާ ހެއްޔެވެ؟

ދަރިފުޅާއެކު ވާހަކަދައްކާލަން ވަގުތުކޮޅެއް ހޯދަންބޭނުންނަމަ މަޖާ ކަމަކާ ގުޅޭ ސުވާލެއް ކޮށްލާށެވެ. ދަރިފުޅު އޭނާގެ މަޖާ ވާހަކަ ކިޔައިދެމުން ދާއިރު ދެލޮލުން އުފާވެރިކަން ފެނިގެންދާނެއެވެ.

ސްކޫލުގައި އިތުރަށް ކުރީ ނުވަތަ ދަސްކުރީ ކޮން ކަމެއް؟

މިއީ ދަރިފުޅަށް ކުރަން ޖެހޭ ޙައްޤު ސުވާލެކެވެ. އެކަމުގެ ސަބަބުން ސްކޫލުގައި ކުރަން ލޯބިކުރާ ކަންތައްތަކާއި ރަނގަޅު ކުރަން ޖެހޭ ކަންކަމާ މެދު ވިސްނާލެވޭނެއެވެ.

މާދަމާ ސުކޫލަށް ގޮސް އެންމެ ކުރާ ހިތްވަނީ ކޮންކަމެއް؟

ސައިންސް ޕްރޮޖެކްޓަކަށް ވިޔަސް، ނުވަތަ އަހަރީ ކޮންސެޓަށް ފަރިތަކުރުން ނުވަތަ އަނެއްކާ ވެސް އެންމެ ގާތް ރަހުމަތްތެރިޔާއާ ބައްދަލުވުން ކަމުގައި ވިޔަސް، ދަރިފުޅަށް އުފާވެރިކަން ލިބެން ޖެހޭނެ ކަމެއް އޮންނާނެ އެވެ.

އެހެން ކުދިންނަށް އޯގާތެރިކޮށް ހިތުމުގެ ގޮތުން މިއަދު ދަރިފުޅު ކުރިކަމަކީ ކޮބާ؟

މީ ލިބޭ ޖަވާބަކުން އުފަލުން ރޮވޭފަދަ ސުވާލެކެވެ. ދަރިފުޅަށް އޯގާތެރިކަމަކީ ކޮބައިކަން މި ސުވާލުން އެނގޭނެއެވެ. ޖަވާބެއްގެ ގޮތުގައި އެއްވެސް އެއްޗެއް ނުލިބިއްޖެނަމަ ދަރިފުޅަށް ކުރެވިދާނެ ކަމެއް ދަސްކޮށްދިނުމުގެ މަގު ފަހިވެގެންދާނެއެވެ.

މިއަދު ފަހުރުވެރިވާނެ ކަމަކަށް ކުރެވުނީ ކޮންކަމެއް؟

ފަޚުރުވެރި ވަގުތުތައް ހިއްސާކުރުމަކީ މައިންބަފައިން އެންމެ ފުރަތަމަ ކުރަންޖެހޭ ކަމެކެވެ. އެކުދިންގެ އެންމެ އުފާވެރި ވަގުތާ ބެހޭގޮތުން ސުވާލު ކުރުމުން އަމިއްލަ ނަފްސުގެ އަގާއި ޔަޤީންކަން އިހުސާސް ކުރުމަށް ދަރިފުޅަށް އެހީވެދެވޭނެއެވެ.

މިއަދު ޝުކުރުވެރިވަނީ ކޮން ކަމަކަށް ހެއްޔެވެ؟

ޝުކުރުވެރިވުމަކީ ގިނަ މައިންބަފައިން ދަރިފުޅަށް ދަސްކޮށްދޭންޖެހޭ ސިފައެކެވެ. އުފާވެރިކަމާއި ޝުކުރުވެރިކަމުގެ އިހުސާސް އަކީ އެކުގައި ކުރެވޭ އިހްސާސެއްކަން މި ސުވާލުން ޔަގީނުން ވެސް ދަރިފުޅަށް ވިސްނިގެންދާނެއެވެ.

އިންޓަވަލްގައި އެންމެ ކަމުދިޔަ ބަޔަކީ ކޮބައި ހެއްޔެވެ؟

ސުކޫލަށް ގެންދިޔުމަށް ދަރިފުޅުގަޔާވާ މީރު ކެއުމެއް ތައްޔާރުކުރިން ހެއްޔެވެ؟ އިންޓަވަލް ކެއުމުގައި އެންމެ ކަމުދިޔައީ ކޮން ކަމެއްތޯ ސުވާލުކުރާށެވެ. ޕްރޯ ޓިޕް: ކުޑަ ނޯޓެއް ނުވަތަ އަތުންލިޔެލާފައިވާ ލިޔުންކޮޅެއް ކުއްޖާގެ ލަންޗް ބޮކްސްގައި ބޭއްވުމަކީ ކުރެވިދާނެކަމެކެވެ. އެ ނޯޓަކީ އެކުދިންގެ ދުވަސް އުފާވެރިވުމަށް މެދުވެރިވި ސަބަބުކަމުގައި ވެދާނެއެވެ.

މިއަދު ދަރިފުޅު ހިނިއައިސް އުފާވީ ކޮންކަމެއް ކުރިއިރު؟

ކުލާސް ކުއްޖެއްގެ އުފަންދުވަހުގެ ޗޮކްލެޓް ބެހުމުން ތޯ ނުވަތަ ދަރިފުޅަށް އެހީތެރިވެދިން ހޯމްވޯކަށް ސްޓިކާއެއް ލިބުނީމަތޯ، މިފަދަ ސުވާލުތަކުން ދަރިފުޅު އެންމެ އުފާވާ ކަންކަން ދެނެގަނެވޭނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް