ޖަމިއްޔާ ޖަމާއަތްތަކަށް ހިތްވަރުދޭ އެމް.ވީ.ޕްލަސް ކޮމިއުނިޓީ އިމްޕެކްޓް އެވޯޑްސް 15ގައި

ރާއްޖޭގެ ޖަމިއްޔާ ޖަމާއަތްތަކަށް ހިތްވަރުދިނުމުގެ ގޮތުން އެމް.ވީ.ޕްލަސް އިން މިދިޔަ އަހަރުން ފެށިގެން ދޭން ފެށި ކޮމިއުނިޓީ އިމްޕެކްޓް އެވޯޑްސް 2022 މިމަހު 15ގައި ބޭއްވުމަށްވަނީ ހަމަޖެހިފައިކަމަށް އެ މ...

05 Dec 2022 | 15:48

ރާއްޖޭގެ ޖަމިއްޔާ ޖަމާއަތްތަކަށް ހިތްވަރުދިނުމުގެ ގޮތުން އެމް.ވީ.ޕްލަސް އިން މިދިޔަ އަހަރުން ފެށިގެން ދޭން ފެށި ކޮމިއުނިޓީ އިމްޕެކްޓް އެވޯޑްސް 2022 މިމަހު 15ގައި ބޭއްވުމަށްވަނީ ހަމަޖެހިފައިކަމަށް އެ މީޑިއާއިން މައުލޫމާތުދީފި އެވެ.

އެ މީޑިއާއިން މައުލޫމާތުދޭގޮތުގައި އެމް.ވީ.ޕްލަސް ކޮމިއުނިޓީ އިންޕެކްޓް އެވޯޑްސްގެ މަޤްސަދަކީ ހޮވާލެވޭ ލޯކަލް އެންޖީއޯތަކުގެ މަސައްކަތްތަކުގެ އަގު ވަޒަންކޮށް އަދި އެޖަމިއްޔާތަކުގެ މަސައްކަތް އިތުރަށް ފުޅާކުރުމަށް ހިތްވަރުދިނުމެވެ. މިގޮތުން މިއަހަރުވެސް 11 ޖަމްއިއްޔާއަކަށް، އެ ފަރާތްތަކުން މުޖުތަމައުއަށް ކޮށްދީފައި އަދި ކުރަމުން ގެންދާ ހިދުމަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން އެވޯޑްދިނުމަށް ހަމަޖެހިފައިވާކަމަށް އެމްވީ ޕްލަސްއިން ބުނެއެވެ.

އެ މީޑިއާއިން މައުލޫމާތުދޭގޮތުގައި ހޮވާލެވޭ ޖަމިއްޔާތަކަށް އެވޯޑްދިނުމުގެ އިތުރުން، މިއަހަރުގެ ޖަލްސާގައި އިޖްތިމާއީ މައްސަލަތަކާއި ގުޅޭ އެކި އެކި ޕެނަލް ޑިސްކަޝަންތައްވެސް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވެ އެވެ. އަދި މި ޕެނަލްތަކުގައި ވާހަކަ ދެކެވޭނެ މައުލޫތަކުގެ ތެރޭގައި ޑްރަގް އެޑިކްޝަނާއި، ނަފްސާނީ ދުޅަހެޔޮކަމާ، މައްސައްކަތްތެރިންގެ ހައްގުތަކާއި އަދި ތިމާވެށީގެ މައްސަލަތައްފަދަ މައުލޫތައް ހިމެނޭނެކަމަށާއި މި ޕެނަލް ޑިސްކަޝަންތަކުގައި ބައިވެރިވާނީ އެ އިޖްތިމާއީ މައްސަލަތަކާ ގުޅޭ ޖަމިއްޔާތަކާއި އަދި ސަރުކާރުގެ އެކި އެކި އިދާރާތަކުގެ ބޭފުޅުންނާއި އަދި އެކްޓިވިސްޓުންކަމުގައިވެސް އެމްވީ ޕްލަސްއިން ބުނެއެވެ.

އެމް.ވީ.ޕްލަސްއިން ގަބޫލުކުރާ ގޮތުގައި ނޮން ޕްރޮފިޓް ޖަމިއްޔާތަކަކީ އިޖްތިމާއީ އެކިއެކި ކަންކަމުގައި ހައްލު ހޯދައިދިނުމަށް މުޖުތަމައުގައި ވަރަށް މުހިއްމު ރޯލެއް އަދާކުރާ ބައެކެވެ. އެހެންކަމުން މިފަދަ ޖަމިއްޔާތައް ބާރުވެރިކޮށް ޖަމިއްޔާތަކަށް އެހީތެރިވުމަކީ އެމް.ވީ.ޕްލަސްގެ ވަރަށް ބޮޑު އަމާޒެއްކަމުގައި އެމްވީ ޕްލަސްއިން ދެކެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް