ދިރާގު ޓީވީގެ މައްސަލައިގެ ތެރެއަށް ވަންނަން އެހެން ކުންފުނިތަކަށް ފުރުސަތެއް ނުދިން

ދިރާގު ޓީވީގެ މައްސަލައިގެ ތެރެއަށް ވަންނަން އެހެން ކުންފުނިތަކަށް ފުރުސަތު ނުދެވޭނެ ކަމަށް ސިވިލް ކޯޓުން ނިންމައިފި އެވެ. ސިވިލް ކޯޓުގައި ކުރިޔަށް ދަނީ ރީބްރޯޑްކާސްޓު ކުރުމުގެ ގަވައިދަށް ބްރޯޑްކާސްޓި...

05 Dec 2022 | 13:45

ދިރާގު ޓީވީގެ މައްސަލައިގެ ތެރެއަށް ވަންނަން އެހެން ކުންފުނިތަކަށް ފުރުސަތު ނުދެވޭނެ ކަމަށް ސިވިލް ކޯޓުން ނިންމައިފި އެވެ.

ސިވިލް ކޯޓުގައި ކުރިޔަށް ދަނީ ރީބްރޯޑްކާސްޓު ކުރުމުގެ ގަވައިދަށް ބްރޯޑްކާސްޓިން ކޮމިޝަނުން ގެނައި ބަދަލަކާއި ގުޅިގެން ދިރާގު ޓީވީގެ ހިދުމަތް ހުއްޓާލަން ޖެހޭތީ އެ ކުންފުނިން ހުށަހެޅި މައްސަލަ އެކެވެ. އަންނަ މަހުން ފެށީގެން ގަވައިދު ބުނާގޮތުން ރީބްރޯޑްކާސްޓު ކުރެވޭނީ50 ޕަސެންޓު ދިވެހި ކުންފުނިތަކަށެވެ.

އެހެންވެ ދިރާގު ޓީވީގެ ލައިސަންސް އާ ނުކުރަން ބްރޯޑްކޮމްއިން އޮތީ ނިންމާފައި އެވެ.

އެ ނިންމުމާއި ގުޅިގެން ދިރާގުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގެ ތެރެއަށް ވަންނަން ހުށަހެޅީ މީޑިއާ ނެޓާއި އޭދަފުށީ ކޭބަލް ނެޓްވޯކާއި ސްކައި ލައިފް ކޯ ޕްރައިވެޓް ލިމިޑެޓުންނެވެ. އެކަމަކު ސިވިލް ކޯޓުން މިއަދު ނިންމީ އޭގެން އެއްވެސް ކުންފުންޏެއް މައްސަލައިގެ ތެރެއަށް ނުވައްދާށެވެ.

ކޯޓުގެ ނިންމުމުގައި ބުނެފައިވާގޮތުގައި އެ މައްސަލައަކީ ދިރާގުގެ ލައިސަންސް އާ ނުކުރަން ބްރޯޑްކާސްޓިން ކޮމިޝަނުން ނިންމި ނިންމުމަކާ ގުޅޭ މައްސަލައަކަށް ވާއިރު، އެ ނިންމުމުގައި އެކުންފުނިތަކުގެ ދައުރެއް އަދި މަސްލަހަތެއް ނެތެވެ.

އެ މައްސަލަ ނިމެންދެން، ދިރާގު ޓީވީގެ ލައިސަންސް ދަމަހައްޓަން ސިވިލް ކޯޓުން އޮތީ ކުރިން ވަގުތީ އަމުރެއް ނެރެފަ އެވެ. އެ މައްސަލަ ބްރޯޑްކާސްޓިން ކޮމިޝަނުން އޮތީ އިސްތިއުނާފްކޮށްފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް