ތާރީޚް: 06 ޑިސެމްބަރ 2022
ގަޑި: 00:00
ސްޓޭޑިއަމް: ސްޓޭޑިއަމް 974
ފީފާ ރޭންކިންގ: ބްރެޒިލް (1)، ސައުތު ކޮރެއާ (28)
ހެޑް-ޓު-ހެޑް ނަތީޖާތައް:
ފީފާ ވޯލްޑް ކަޕްގައި މި ދެ ގައުމުގެ ކުރިމަތިލުމެއް އަދި ނުފެނެއެވެ. މި ދެ ގައުމު މީގެ ކުރިން 2019 ވަނަ އަހަރު ފީފާ އަރަބް ކަޕްގައި ވާދަކުރިއިރު، އެ މެޗު 3-0 އިން ކާމިޔާބު ކުރީ ބްރެޒިލް އެވެ. މި އަހަރުގެ ތެރޭގައި މި ދެ ގައުމު އެކުވެރިކަމުގެ މެޗެއް ކުޅުނުއިރު، އެ މެޗު 5-1 ގެ ނަތީޖާއިން ކާމިޔާބު ކުރީ ބްރެޒިލް އެވެ.
ބްރެޒިލް އިން ކުއާޓާ ފައިނަލްގެ ޖާގައެއް ހޯދުމަށް މިރޭ ސައުތު ކޮރެއާއާ ދެކޮޅަށް ނުކުންނައިރު، އެ ޓީމަށް އޮތް އެންމެ ބޮޑު ހިތްހަމަޖެހުމަކީ އެ ޓީމުގެ ތަރި ނޭމާ ޖޫނިއަރ ފިޓްވެފައި ހުރުމެވެ. ގްރޫޕް ސްޓޭޖްގެ ފަހު ދެ މެޗުގައި އޭނާއަށް ނުކުޅެވުނުއިރު، މިރޭގެ މެޗުން ނޭމާ ފެނުން ގާތްކަމުގެ އިޝާރާތެއް ބްރެޒިލްގެ ކޯޗު ޓީޓޭ ވަނީ ދީފައެވެ.
ބްރެޒިލްގެ ފޯވާޑް ގަބްރިއެލް ޖީސުސްއަށް އަނިޔާގެ ޓީމާ ވަކިވާން ޖެހުނު ނަމަވެސް، އެ ޓީމުގެ އެޓޭކިންގ ފޯސް ކޮންމެ ޓީމެއް ވެސް ބިރު ގަންނަހާ ވަރުގަދަ އެވެ. އެހެނަސް އޮތް ކަންބޮޑުވުމަކީ ނޭމާއަށް އަނިޔާ ވެގެން ފުރަތަމަ މެޗުގައި ބަދަލުކުރި ފަހުން ބްރެޒިލްއަށް މިހާތަނަށް ސްކޯ ކުރެވުނީ ހަމަ އެންމެ ލަނޑެކެވެ.
ސައުތު ކޮރެއާއަށް ބަލާއިރު، ރައުންޑް އޮފް 16 އަށް ދަތުރުކުރި ޓީމުތަކުގެ ތެރެއިން ކޮރެއާއަކީ ފީފާ ރޭންކިންގ ގެ ދެ ވަނައަށް އެންމެ ދަށުގައި އޮތް ޓީމެވެ. އެހެންނަމަވެސް، ފިޒިކަލީ ވަރުގަދަ ކުޅުމެއް ކުޅޭ ކޮރެއާއާ މެދު ސަމާލު ނުވެއްޖެނަމަ އެ މީހުން ކޮންމެ ޓީމަކަށް ވެސް ލަނޑު ދީފާނެއެވެ.
ސައުތު ކޮރެއާއަކީ އޭޝިއާގެ ގައުމުތަކުގެ ތެރެއިން މިހާތަނަށް ވޯލްޑް ކަޕްގެ މުބާރާތެއްގެ ސެމީ ފައިނަލަށް ދަތުރުކުރުމުގެ ޝަރަފު އޮތް ހަމައެކަނި ގައުމު ވެސްމެއެވެ.
މޮޅުވާ ބަޔަކު ވާދަކުރަން ޖެހޭނީ ކޮން ބަޔަކާ؟
ރައުންޑް އޮފް 16 ގެ މި މެޗުން މޮޅުވާ ގައުމެއް ވާދަކުރަން ޖެހޭނީ މިރޭ ރާއްޖެ ގަޑިން 20:00 ގައި، ޖަޕާން އާއި ކްރޮއޭޝިއާ ކުޅޭ މެޗުން މޮޅުވާ ޓީމަކާއެވެ.
ދުވަސްގެ ލަފާކުރުން:
މި މެޗަށް ދުވަސްގެ ލަފާކުރުމަކީ، 2-1 ގެ ނަތީޖާއިން ބްރެޒިލް މޮޅުވުމެވެ.
ބްރެޒިލް ޓީމުގެ ލަފާކުރެވޭ ފުރަތަމަ 11:
އެލީސަން، މިލިޓާއޯ، މާކުއިނޯސް، ސިލްވާ، ޑަނީލޯ، ޕަކުއޭޓާ، ކަސެމީރޯ، ނޭމާ، ރަފީނާ، ރިޗާލިސަން، ވިނީޝިއަސް
ސައުތު ކޮރެއާ ޓީމުގެ ލަފާކުރެވޭ ފުރަތަމަ 11:
ސުން، މޫން-ވަން، ޔުން-ވޮން، ޖިން-ސޫ، އިން-ބިއޮމް، ވޫ-ޔަންގ، ހީ-ޗެން، ކެން-އިން، ސޮން، ޖޫ-ސަން
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް