މިއަހަރުގެ މިހާތަނަށް ސްކޭމްގެ ހާހެއްހާ މައްސަލަ، 23 މިލިއަން ރުފިޔާގެ ގެއްލުން!

މިއަހަރުގެ މިޔާތަނަށް ސްކޭމްގެ ހާހެއްގާ މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށް ކޮމިޝަނާއ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެ އެވެ. އޭނާ މިހެން ވިދާޅުވީ ސްކޭމްތަކުން މީހުންނަށް އޮޅުވާލައިގެ...

05 Dec 2022 | 11:41

މިއަހަރުގެ މިޔާތަނަށް ސްކޭމްގެ ހާހެއްގާ މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށް ކޮމިޝަނާއ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެ އެވެ.

އޭނާ މިހެން ވިދާޅުވީ ސްކޭމްތަކުން މީހުންނަށް އޮޅުވާލައިގެން ފައިސާ ނަގަމުންދާ މައްސަލަތައް އިތުރުވާތީ އެކަމާ ގުޅިގެން މުއައްސަސާތައް އެއް ތަނެއްގައި މަޝްވަރާ ކުރުމަށް މިއަދު ފެށި ވޯކްޝޮޕު ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

ސީޕީ ވިދާޅުވީ ސްކޭމްގެ މައްސަލަތައް އިތުރުވެފައިވަނީ އެހެން ގައުމުތަކެކޭ އެއްގޮތަށް ކޯވިޑް-19 ގެ ލޮކްޑައުންއަށް ފަހު ކަމަށެވެ. އެންމެ ފަހުގެ ތަފާސް ހިސާބަށް ބަލާއިރު މިއަހަރު އެކަނިވެސް ސްކޭމްގެ998 މައްސަލަ ހުށަހަޅާފައިވާ ކަމަށް ވިދާޅުވި އެވެ.

އެއީ ދުވާލަކަށް ތިން މައްސަލަ ކަމަށާއި މި މައްސަލަތަކުގައި މިއަހަރުގެ މިހާތަނަށް23 މިލިއަން ރުފިޔާ އެކި ފަރާތްތަކަށް ގެއްލިފައިވާ ކަމަށެވެ. އެ ހިސާބަށް ބަލާއިރު އެއީ މަހަކަށް ދެ މިލިއަން ރުފިޔާ އެވެ.

އޭނާ ވިދާޅުވި ގޮތުގައި ސްކޭމް ކޯލް އާއި އެކި ގޮތްގޮތުން އޮޅުވާލައިގެން މީހުން އަތުން ފައިސާ ނެގުމުގެ މައްސަލަތަކަށް ހައްލު ހޯދުމަކީ މިހާރު ފުލުހުން އިސްކަން ދޭ ކަންތައްތަކުގެ ތެރޭގައި ކަނޑައަޅާފައިވާ އެއް ކަންތަކެވެ. އޭނާ ވިދާޅުވީ އެފަދަ ގިނަ ކޯލުތަކަކީ ޖަލުތަކުގައި ތިބޭ ގައިދީން ވަގަށް ފޯނު ވައްދައިގެން ކުރާ ކޯލުތަކެވެ.

އެކި ބާވަތްތަކުގެ ސްކޭމްގެ މައްސަލަތައް ތަހުގީގު ކުރަން ހާއްސަ އިޖުރާއަތުތައް އެކުލަވާލައި ތަހުގީގު ކުރާ މީހުން އެ އިޖުރާއަތްތަކަށް ތަމްރީނު ކުރުމުުގެ މަސައްކަތް ފުލުހުން ވަނީ ފަށާފައި އެވެ.

ހަމީދު ވިދާޅުވިގޮތުގައި ސައިބާ ސްޕޭސް ތެރޭގައި ހިންގާ ކުށްތަކަށް ފުލުހުން އަހުލުވެރިކުރުމަށް ބޭރުން ކަމާ ބެހޭ މާހިރުން ގެނެސްގެން އަދި ފުލުހުން ރާއްޖެއިން ބޭރަށް ފޮނުވައިގެން ތަމްރީނު ކުރުމުގެ މަސައްކަތް ވެސް ކުރަމުންދާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް