ފޭސް ދޭއްގައި ބަހަކާއި ސައިކަލެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި!

ހުޅުމާލޭ ފޭސް ދޭއްގައި ސައިކަލަކާއި ބަހެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި އެވެ. ފުލުހުންގެ މީޑިއާ އޮފިޝަލް "ދުވަސް" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ހާދިސާގެ ރިޕޯޓު ކުރީ މެންދުރު 12:20 ...

05 Dec 2022 | 10:50

ހުޅުމާލޭ ފޭސް ދޭއްގައި ސައިކަލަކާއި ބަހެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް "ދުވަސް" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ހާދިސާގެ ރިޕޯޓު ކުރީ މެންދުރު 12:20 ހާއިރު ކަމަށެވެ. މި ހާދިސާ ހިނގީ ހިޔާ ދެ ވަނަ ބަސް ސްޓޮޕުން އެ ބަސް ނައްޓާލިތާ މާ ގިނަ އިރުނުވަނީސް ހިޔާ ޓަވަރު ފަހެއް ކައިރީގައި އެވެ.

ފުލުހުން ބުނީ މި ހާދިސާގައި ސައިކަލް ދުއްވަން އިން 46 އަހަރުގެ އަންހެނަކަށާއި ފަހަތުގައި އިން 10 އަހަރުގެ ކުޑަކުއްޖަކަށް އަނިޔާވެފައިވާ ކަމަށެވެ. އެމީހުންނަށް ހުޅުމާލޭ ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ ކަމަށް ވިދާޅުވި އެވެ.

މަންޒަރު ދުށް މީހުން "ދުވަސް" އަށް ބުނީ އެކްސިޑެންޓުވީ އަންހެން މީހާގެ އިހުމާލުން ކަމަށް ގަބޫލު ކުރެވޭ ކަމަށެވެ. އޭނާ މަސައްކަތް ކުރީ ބަސް ކުރިމަތިން ހުރަސް ކުރާށެވެ.

ހާދިސާ ހިނގި ތަނުގައި ގިނަ އަދަދެއްގެ ލޭވެސް ހުއްޓެވެ. ފުލުހުން އެ ބަސް އެ ސަރަހައްދުން ދިއުމުގެ ހުއްދަ ދިނީ މަންޒަރު ދުށް މީހުންނާއި ސީނުން ނަގަން ޖެހޭ މައުލޫމާތުތައް ނަގާ ނިމުމުންނެވެ.

އެކްސިޑެންޓުވި ބަހަކީ ފޭސް ވަންއަށް ސްކޫލް ކުދިން ގޮވައިގެން ދިޔަ ޑަބަލް ޑެކް ބަހެކެވެ. އެކްސިޑެންޓުވުމުން އެމްޓީސީސީން ވަނީ އެ ބަހުގައި ތިބި މީހުން އެހެން ބަހެއްގައި ފޭސް އެކަކަށް ގެންގޮސްފައި އެވެ.

ފުލުހުން ބުނީ އިތުރަށް ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް