އިންޑިއާގެ އުއްތަރް ޕްރަދޭޝްގައި މިހާރު ކުރިޔަށްދާ އާންމު އިންތިހާބުގެ ވޯޓުގައި މުސްލިމުން ވޯޓުލުމަށް ހުރަސް އަޅަމުންދާ ކަމަށް ތުހުމަތުކޮށްފި އެވެ.
އެ އެ ސްޓޭޓްގައި ކުރިޔަށް ދަނީ ރާންޕޫރު ސަދަރާއި، ކަރްހާލް، ހަޓައުލީ އަދި މައިންޕޫރީގެ ބައި އިލެކްޝަނެވެ. މި ދާއިރާތަކުގައި 1،945 ވޯޓުލާ މަރުކަޒުގައި 3،062 ވޯޓު ފޮށި ބަހައްޓާފައިވެ އެވެ.
އެ ދާއިރާތަކުގައި ވާދަކުރާ އުއްތަރް ޕްރަދޭޝްގެ ސިޔާސީ ޕާޓީއެއް ކަމަށްވާ ސަމާޖްވާދީ ޕާޓީން ބުނީ އެޕާޓީގެ އޮފިޝަލުން ވޯޓުލާ މަރުކަޒުތަކުން ނެރެމުންދާ ކަމަށެވެ. އަދި އެމީހުންނަށް ފާހަގަވާ ގޮތުގާއި މުސްލިމުން ވޯޓުލުމަށް ބީޖޭޕީން ހުރަސް އަޅަމުންދާ ކަމަށެވެ.
އެ ޕާޓީން ބުނީ ބީޖޭޕީން އެކަން ކުރަނީ ފުލުހުން ލައްވާ ކަމަށެވެ. އެގޮތުން ވޯޓުލާންދާ މީހުންގެ އައިޑީކާޑު ބަލައި މުސްލިމެއް ނަމަ ވޯޓުލުމުގެ ފުރުސަތު ނުދީ އެތަނުން ފޮނުވާލަމުންދާ ކަމަށެވެ.
އެމީހުންގެ ޓީމުތަކަށް އެ މަންޒަރު ކަރްހާލް ޓައުނުން ފެނިފައިވާ ކަމަށެވެ.
ސަމާޖްވާދީ ޕާޓީން ބުނީ ފުލުހުން ދަނީ މުސްލިމުންނާއި މެދު ކަންތައް ކުރާ ގޮތުން ހިތްހަމަ ނުޖެހުން ފާޅު ކުރަމުންދާ އޮފިޝަލުން ހައްޔަރު ކުރަމުންނެވެ. އެހެންކަމުން އޮފިޝަލުން ހައްޔަރުކޮށް، މުސްލިމުން ބޭރުކުމުގެ ބަދަލުގައި ރާކޭޝް ކުމާރު ސިންގް ކިޔާ ފުލުސް އޮފިސަރަކު ވަގުތުން ސަސްޕެންޑު ކުރުމަށް ގޮވާލާފައި އެވެ.
މިއަދު ނަގާ ވޯޓު ގުނުމަށް ހަމަޖެހިފައިވަނީ މިމަހުގެ އަށް ވަނަ ދުވަހު އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް