އައްޑޫގައި މަސައްކަތް ކުރައްވާ ދެ މެޖިސްޓްރޭޓެއްގެ ސުލޫކީ މައްސަލަ ބަލަނީ

އައްޑޫ ސިޓީގައި މަސައްކަތް ކުރައްވާ ދެ މެޖިސްޓްރޭޓެއްގެ ސުލީކީ މައްސަލަ ތަހުގީގު ކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ނިންމައިފި އެވެ. ސުލީކީ މައްސަލަ ބަލަން ނިންމާފައިވަނީ ސ. ޖުޑީޝަލް ދާއިރާގެ ...

05 Dec 2022 | 06:13

އައްޑޫ ސިޓީގައި މަސައްކަތް ކުރައްވާ ދެ މެޖިސްޓްރޭޓެއްގެ ސުލީކީ މައްސަލަ ތަހުގީގު ކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ނިންމައިފި އެވެ.

ސުލީކީ މައްސަލަ ބަލަން ނިންމާފައިވަނީ ސ. ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓް އަލްއުސްތާޒު މުޙައްމަދު ހާޝިމް އާއި ސ. ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް އަލްއުސްތާޒު ޒިޔާދާ ޠާހިރުގެ އެވެ.

އެ މެޖިސްޓްރޭޓުންގެ މައްސަލަ ބަލަން ފެށީ ސ. ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ބަންދާމެދު ގޮތެއް ނިންމުމަށް ބޭއްވި މައްސަލައަކަށްފަހު އެ ނިންމުމާ ގުޅޭ ގޮތުން ނޫސްބަޔާނެއް ނެރުމުގައި ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ ޚިލާފަށް ސ.ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް އަލްއުސްތާޛު ރަފީޢުއްދީން އަޙްމަދު ޢަމަލުކޮށްފައިވާކަމަށް ބެލެވޭ މައްސަލައިގަ ބައިވެރިވުމެއް ވާކަމަށް ބެލެވޭތީ އެވެ.

މެޖިސްޓްރޭޓް ރަފީއުއްދީންގެ ސުލޫކީ މައްސަލަ ބަލަން ފެށީ މިއަހަރުގެ މާޗް ދެ ވަނަ ދުވަހު އެވެ.

މެޖިސްޓްރޭޓް ހާޝިމް އާއި ޒިޔާދާގެ އެ މައްސަލަ ބެލުމަށް ނިންމީ މިދިޔަ މަހުގެ 27 ވަނަ ދުވަހު ބޭއްވި ޖުޑީޝަލް ސާވިސް ކޮމިޝަނުގެ 85 ވަނަ ޖަލްސާގައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް