ވޯލްޑް ކަޕް 2022: ކުއާޓާ ގައި ޗެމްޕިއަން ފްރާންސާއި އިންގްލެންޑްގެ ކުރިމަތިލުމެއް

ގަތަރުގައި މިހާރު ކުރިއަށްދާ ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލް ގައި އެންމެ ފަހުގެ ޗެމްޕިއަން ފްރާންސް އަދި އިންގްލެންޑް ވާދަކުރަން ޖެހިއްޖެ އެވެ. އަލް ބައިތް ސްޓޭޑިއަމުގައި ސެނެގާލް...

05 Dec 2022 | 04:07

ގަތަރުގައި މިހާރު ކުރިއަށްދާ ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލް ގައި އެންމެ ފަހުގެ ޗެމްޕިއަން ފްރާންސް އަދި އިންގްލެންޑް ވާދަކުރަން ޖެހިއްޖެ އެވެ.

އަލް ބައިތް ސްޓޭޑިއަމުގައި ސެނެގާލް އާއި ދެކޮޅަށް ކުޅުނު މެޗު އިންގްލެންޑުން ކާޤމިޔާބު ކުރީ 3-0 ގެ ނަތީޖާއިންނެވެ.

މެޗު ފެށިގެން ފުރަތަމަ ވިއްސަކަށް މިނެޓުގައި ފެނުނީ ސެނެގާލުން ނުރައްކާކުރިތަނެވެ. އެގޮތުން އެޓީމުން ވަނީ ލަނޑު ޖަހަން ރަނގަޅު ދެ ފުރުސަތެއް ވެސް ހޯދާފައެވެ. އެ ޓީމުގެ އެންމެ ކުރިއަށް ކުޅުނު ފޯވާޑް ބޫލާއޭ ޑިއާ އަށް ހުސްކޮށް ގޯލު ކުރިމަތިން ލިބުނު ފުރުސަތު ގޯލާ އަމާޒުކޮށް ނުލެނުނު އިރު، ފަހުން ފޮނުވާލި ނުރައްކާތެރި ހަމަލާއެއް ދިފާއު ކުރީ އިންގްލެންޑްގެ ކީޕަރު ޖޯޑަން ޕިކްފޯޑެވެ.

ފުރަތަމަ ހާފުގެ ފަހުވަގުތައް ދިޔައިރު، އިންގެލެންޑުން ވަނީ މެޗުގެ ކޮންޓްރޯލް އަތުލާފައެވެ. އެގޮތުން އިންގްލެންޑުން ރަނގަޅަށް ކުޅެ ނުރައްކާކުރަމުން ދިޔައިރު، އެޓީމުން ވަނީ މެޗުގެ 38 ވަނަ މިނިޓުގައި ލަނޑު ޖަހާ ލީޑުނަގާފައެވެ. ޖޫޑް ބެލިންގްހަމްގެ ޕާހަކުން ޖޯޑަން ހެންޑަސަން ކާމިޔާބު ކުރި ލަނޑުން އިންގެލްންޑް ލީޑު ނެގިއިރު،  ފުރަތަމަ ހާފުހެ އިތުރު ވަގުތުގައި އުފެއްދި ކައުންޓާ އެޓޭކެއްގައި ކެޕްޓަން ހެރީ ކޭން ވަނީ ލަނޑެއް ޖަހާ ލީޑު ފުޅާކޮށްފައެވެ.

އިންގްލެންޑުން ލީޑުގައި އޮވެ، މެޗުގެ ފުރަތަމަ ހާފު ނިންމާލިއިރު، ފަހު ހާފަށް ކުޅެން އަރާވެސް ރަނގަޅަށް ކުޅުނީ އިންގްލެންޑުންނެވެ. އިންގްލެންޑުގެ ތިން ވަނަ ލަނޑު ޖަހާ އިތުރަށް ލީޑު ފުޅާކުރީ ފިލް ފޮޑެން ތަނަވަސް ކޮށްދިން ފުރުސަތެއްގައި މެޗުގެ 57 ވަނަ މިނިޓުގައި ބުކަޔޯ ސަކާ ޖަހައިދިން ލަނޑުންނެވެ.

އިންގްލެންޑާއި ފްރާންސް ވާދަކުރާ ކުއާޓާ ފައިނަލް މެޗު ކުޅޭނީ އަންނަ ހޮނިހިރު ދުވަހުގެ ރޭ ދަންވަރު ރާއްޖޭ ގަޑިން 12 ޖަހާއިރެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް