ނައިޖީރިއާގެ މިސްކިތެއްގައި ނަމާދަށް ތިބި ބައެއްގެ ގަޔަށް ބަޑިޖަހައި 12 މީހުން މަރާލައި އެތައް ބަޔަކު ރަހީނުކޮށްފި އެވެ.
މި ހާދިސާ ހިނގީ އެ ގައުމުގެ އުތުރުގެ ކަޓްސިނާ ސްޓޭޓުގެ ޓައުނެއް ކަމަށްވާ ފުންޓުއާގައި އެވެ. މިސްތިތަށް ހަނގުރާމަވެރިން ވަދެގަތީ ހޮނިހިރު ދުވަހުގެ ރޭ އިޝާ ނަމާދު ގަޑީގައި އެވެ.
ރިޕޯޓޫތައް ބުނާގޮތުގައި މިހަމަލާ ދިނީ އެ ގައުމުގައި އަތް ގަދަ ކުރަމުންދާ ހަނގުރާމަވެރި ގްރޫޕެއް ކަމަށްވާ ބަންޑިތް ކިޔާ ގްރޫޕަކުންނެވެ. އެ ގްރޫޕަކީ އެ ސަރަހައްދުގައި ނައިޖީރިއާ ސަރުކާރާއި ދެކޮޅަށް ހަނގުރާމަ އިއުލާނުކޮށްފައިވާ ޖަމާއަތްތަކުގެ ތެރެއިން ބައެކެވެ.
އެމީހުން މިސްކިތަށް ވަދެގަތީ ސައިކަލްތަކެއްގައި ގޮސްއެވެ. އަދި ވަނުމަށް ފަހު ވަކި މީހެއް ނުބަލާ ބަޑި ޖެހުމުން މަރުވި12 މީހުންގެ ތެރޭގައި އިމާމުވެސް ހިމެނެ އެވެ. ރަހީނު ކޮށްގެން ގެންދިޔަ އެންމެންނަކީވެސް ނަމާދަށް ތިބި މީހުންނެވެ.
ފުންޓުއާގެ އާންމުންނާއި ހަވާލަޑި ރިޕޯޓުތައް ބުނާގޮތުގައި ރަހީނު ކުރި ބައެއް މީހުން ގެންދަނިކޮށް ހުރަސް އަޅައިގެން ބައެއް މީހުން ސަލާމަތް ކޮށްފައި އެވެ. މިގޮތަށް ރަހީނު ކުރާ މީހުން ދޫކޮށްލަން އެމީހުން ސަރުކާރަށް ޑިމާންޑު ކުރަނީ ފައިސާއަށެވެ.
ނައިޖީރިއާގެ ކަޓްސިނާ ސްޓޭޓަކީ އެ ޖަމާއަތުގެ އުނދަގޫ ވަރަށް ބޮޑު ސަރަހައްދެކެވެ. އެ ގްރޫޕުތަކުން ދަނީ ވައެއް އަވަށްތަކުގައި ބިންތައް ހިސޯރުކޮށް، އެތަންތަނުގައި އާންމުންނަށް ދަނޑުހެއްދޭނީ ކުލިދައްކައިގެން ކަމަށްވެސް ބުނަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް