މަރޮއްޓާއި ލަންދޫ ސިއްހީ މަރުކަޒުގެ އާ އިމާރާތް ހުޅުވައިފި

ށ. މަރޮއްޓާއި ނ. ލަންދޫ ސިއްހީ މަރުކަޒުގެ އާ އިމާރާތް ހުޅުވައިފި އެވެ. މި ދެ ރަށުގެ އާ އިމާރާތް ހުޅުއްވައިދެއްވީ ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު އާދިލް އެވެ. މީގެތެރެއިން900އެއްހާ މީހުނ...

05 Dec 2022 | 03:35

ށ. މަރޮއްޓާއި ނ. ލަންދޫ ސިއްހީ މަރުކަޒުގެ އާ އިމާރާތް ހުޅުވައިފި އެވެ.

މި ދެ ރަށުގެ އާ އިމާރާތް ހުޅުއްވައިދެއްވީ ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު އާދިލް އެވެ.

މީގެތެރެއިން900އެއްހާ މީހުންގެ އާބާދީއެއް އޮންނަ މަރޮށީގެ ސިއްހީ މަރުކަޒަށް އިތުރުކުރި ބަޔާއި އެކު ޖާގައިގެ ދަތިކަމަށް ބޮޑު ލުޔެއް ލިބިގެން ގޮސްފައި އެވެ. އެގޮތުން އާ އިމާރާތަށް އޮފިސް ބަޔާއި ޕަބްލިކް ހެލްތް ޔުނިޓު ވަނީ ބަދަލުކޮށްފައި އެވެ.

އެ މަސައްކަތަށް ދައުލަތުގެ ބަޖެޓުން 3.8 މިލިއަން ރުފިޔާ ހަރަދުކޮށްފައިވެ އެވެ.

ލަންދޫއަކީ އާބާދީގައި1،000އަށްވުރެ ގިނަ މީހުން އުޅޭ ރަށެކެވެ.

ހެލްތް މިނިސްޓްރީން ބުނީ އެ ރަށު ސިއްހީ މަރުކަޒަށް އަލަށް އިތުރު ކުރި ބައިގަ ހިންގާނީ އިދާރީ މަސައްކަތްތަކާއި ޕަބްލިކް ހެލްތް ޔުނިޓު ކަމަަށެވެ. އެ މަޝްރޫއަކީ4.3 މިލިއަން ރުފިޔާގެ މަޝްރޫއު އެކެވެ.

ހެލްތު މިނިސްޓްރީން ބުނި ގޮތުގައި ސަރުކާރުން ދަނީ ކުދި ރަށްތަކާއި ބޮޑެތި ރަށްތައް ތަފާތުކުރުމެއް ނެތި ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދަމުންނެެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް