ބޭންކް އޮފް މޯލްޑިވްސްއިން ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަސް ފާހަގަކޮށްފި

ބޭންކް އޮފް މޯލްޑިވްސް އިން ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަސް ފާހަގަ ކޮށްފި އެވެ. އެ ބޭންކުން މި ދުވަސް ފާހަގަ ކުރީ މޯލްޑިވްސް ޑެފް އެސޯސިއޭޝަން (އެމްޑީއޭ) އާއި ގުޅިގެންނެވެ. ބީއެމްއެލްއިން ބު...

05 Dec 2022 | 03:11

ބޭންކް އޮފް މޯލްޑިވްސް އިން ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަސް ފާހަގަ ކޮށްފި އެވެ.

އެ ބޭންކުން މި ދުވަސް ފާހަގަ ކުރީ މޯލްޑިވްސް ޑެފް އެސޯސިއޭޝަން (އެމްޑީއޭ) އާއި ގުޅިގެންނެވެ.

ބީއެމްއެލްއިން ބުނީ އެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ކ. ގުރައިދޫގައި ކުޑަކުދިންގެ ހަވީރެއް ބާއްވާފައިވާ ކަމަށެވެ. މި ހަވީރުގައި އެ ރަށުގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުން200 އަށްވުރެ ގިނަ މީހުން ބައިވެރިވި އެވެ.

އެ ހަރަކާތުގެ މަގްސަދަކީ ޑެފް ކޮމިއުނިޓީއާއި އާންމު ރައްޔިތުން ގުޅުވާލައި ހަމަހަމަ ފުރުސަތުތައް ހޯދައިދިނުން ކަމަށް އެ ބޭންކުން މައުލޫމާތުދެ އެވެ.

މި ދުވަސް ފާހަގަ ކުރުމުގެ ގޮތުން އިއްޔެ ބޭންކުންވަނީ އިމާދުއްދީން ސްކޫލުގެ ސެން ކްލާސްތަކުގައި ކިޔަވާ ދަރިވަރުންނަށް ގިފްޓް ޕެކެއް ވެސް ހަދިޔާކޮށްފައެވެ.

ބީއެމްއެލްއަކީ ނުުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި ގުޅިގެން އަބަދުވެސް ތަފާތު ހަރަކާތްތައް ހިންގާ ބޭންކެކެވެ. އެގޮތުން ޖަމިއްޔާތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުން ފަދަ ކަންކަން ކޮށްދެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް