ނޮވެމްބަރު 12 ބަންދު ދުވަހަކަށް ހަދައިފި، ހަތަރު ދުވަހުގެ ޗުއްޓީއެއް

05 Nov 2026 | 13:06
ނޮވެމްބަރު 12 ބަންދު ދުވަހަކަށް ހަދައިފި، ހަތަރު ދުވަހުގެ ޗުއްޓީއެއް

މިހިނގާ ނޮވެންބަރު 12 ވާ ބުރާސްފަތި ދުވަސް، ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖެއްސެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ނިންމަވައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާ މިގޮތަށް ހަމަޖެއްސެވީ، ޖުމްހޫރީ ދުވަސް ކަމުގައިވާ ނޮވެންބަރު މަހުގެ 11ވަނަ ދުވަހަކީ، ޤައުމީ ބަންދު ދުވަހެއް ކަމަށް ވުމާއެކު، ޖުމްހޫރީ ދުވަހާ ގުޅިގެން އަންނަ ދުވަހަކީ (2026 ނޮވެންބަރު 12 ވާ ބުރާސްފަތި ދުވަހަކީ) ރަސްމީ ދުވަހެއް ކަމަށްވާތީ، ބަންދު ދުވަސްތަކަށް މެދުކެނޑުމެއް ނައިސް މުވައްޒަފުންނަށް ޗުއްޓީ ލިބޭނޭގޮތް ހަމަޖައްސަވައި ދެއްވުމަށްޓަކައި ކަމަށް ރައީސް ޢޮފީހުން މައުލޫމާތުދެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް