ނ. ލަންދޫގައި ބެލެނިވެރިން ހޭލުންތެރިކުރުމަށް "އަލިވޮށް" ނަމުގައި ޚާއްޞަ ސެޝަންތަކެއް މިއަދު ފަށައިފިއެވެ.
މި ސެޝަންތައް ކުރިއަށް ގެންދަނީ އަލްޢަޞްރު ޖަމްޢިއްޔާ އާއި ލައިފް ޖަމްޢިއްޔާ އާއި ލަންދޫ ކައުންސިލާއި ލަންދޫ ސްކޫލާއި އިންސްޓިޓިއުޓް އޮފް ތިލާވަތުލް ޤުރްއާނާއި ހެނބަދޫ އިސްލާމިކް އެސޯސިއޭޝަނާއި އަލްޢަޞްރު ޖަމްޢިއްޔާ ގުޅިގެންނެވެ. ސެޝަންތައް ނަންގަވައިދެއްވަނީ އައްޝައިޚް ސާޖިދު މުޙައްމަދެވެ.
މި ޕްރޮގުރާމުގައި ދެ ސެޝަނެއް ބާކީ އެބައޮތެވެ. އެގޮތުން މިރޭ 8:00 އިން 10:00 އަށް ލަންދޫ ސްކޫލް ހޯލުގައި ސެޝަނެއް ކުރިއަށް ދާނެއެވެ. އަދި މާދަމާ ހުކުރު ދުވަހު ހެނދުނު 9:15 އިން 10:00 އަށް އައި.ޓީ.ކިއު ކުލާސްރޫމް 1 ގައި ސެޝަނެއް އޮންނާނެއެވެ. ނަމަވެސް ހުކުރު ދުވަހުގެ ސެޝަނުގައި ބައިވެރިވެވޭނީ އައި.ޓީ.ކިއުގެ "ލޮލުގެ ފިނިކަން" ޕްރޮގުރާމުގައި ބައިވެރިވެފައިވާ ބެލެނިވެރިންނަށް އެކަންޏެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް