ރައީސް މައުމޫން "ވޮޝިންގ މެޝިން" ފޮށިގަނޑެއްގައި ފިއްލެވި ވާހަކައަކީ ބުހުތާނު ދޮގު

ނޮވެމްބަރު ތިނެއްގައި ރައީސް މައުމޫން ދޮންނަ މެޝިނެއްގެ ފޮށިގަނޑުތެރޭގައި ފިއްލެވީކަމަށްބުނެ ފެތުރޭ ވާހަކަ ބްރިގޭޑިއާ ޖެނެރަލް ރިޓަޔަޑް އިބްރާހިމް މުޙައްމަދު ދީދީ ވިދާޅުވެއްޖެއެވެ. އޭނާ މިހެން ވިދާޅުވ...

05 Nov 2025 | 14:15
ބްރިގޭޑިއާ ޖެނެރަލް ރިޓަޔަޑް އިބްރާހިމް މުހައްމަދު ދީދީ -

ބްރިގޭޑިއާ ޖެނެރަލް ރިޓަޔަޑް އިބްރާހިމް މުހައްމަދު ދީދީ -

ނޮވެމްބަރު ތިނެއްގައި ރައީސް މައުމޫން ދޮންނަ

މެޝިނެއްގެ ފޮށިގަނޑުތެރޭގައި ފިއްލެވީކަމަށްބުނެ ފެތުރޭ ވާހަކަ ބްރިގޭޑިއާ

ޖެނެރަލް ރިޓަޔަޑް އިބްރާހިމް މުޙައްމަދު ދީދީ ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވީ ރައީސް މައުމޫނަށް ނަޞްރުގެ

ދުވަހުގެ ޝަރަފުގެ ޚާއްޞަ އައްޑަނަ އެރުވުމުން އެކަމާއި ގުޅުވައި މީހަކު ސޯޝަލް

މީޑިއާގައި ކޮށްފައިވާ ޕޯސްޓަކަށް ދެއްވި ރައްދެއްގައެވެ.

ރައްދުގައި އޭނާ ވިދާޅުވީ ނޮވެމްބަރު ތިނެއްގައި

ސިފައިންގެ މަރުކަޒު ތަމަޅައިންގެ އަތްދަށަށް ނުގޮސް ސަލާމަތް ކުރެވުނީ ރައީސް

މައުމޫން ވެރިކަމާ ހަވާލުވެވަޑައިގެން 1978 ވަނަ އަހަރުން ފެށިގެން ދިވެހި

ސިފައިންނަށް ހިލޭ ތަމްރީނާއި ހިލޭ ހަތިޔާރު އޭރުގެ ފެންވަރަށް ހޯއްދަވައިދެއްވުވުމުން

ކަމަށެވެ.

3 ނޮވެމްބަރ 1988ގައި އެމަނިކުފާނު އަރިހުގައި

ހަތިހު ފަހެއް ޖެހިއިރުއްސުރެ ހައެއް ޖަހަންދެން ހަތިޔާރާއެކު ހުންނެވިކަން ފާހަގަކުރައްވައި

އިބްރާހިމް މުހައްމަދު ދީދީ ވިދާޅުވީ ރައީސް މައުމޫން ކެނޑިނޭޅި މަސައްކަތްޕުޅު

ކުރެއްވީ ދިވެހި ސިފައިންނަށް އިރުޝާދު ދެއްވުމުގައްޔާއި އަވަށްޓއރި އަދި ދުރު

ޤައުމުތަކުގެ ވެރިންނާއި ގުޅުއްވައި އެހީތެރިކަން ހޯއްދެއްވުމުގައި ކަމަށެވެ.

"ވޮޝިން މެޝިން ފޮށިގަނޑެއްގެ ވާހަކަ އެއީ

ދޮގު ބުހުތާން އެއްވެސް އަސްލެއް ނެތް ވާހަކައެއް" އޭނާ ވިދާޅުވެފައިވެއެވެ.

އޭނާ އިތުރަށް ވިދާޅުވީ ފަތިހުގެ އެ ބިރުވެރި

ވަގުތު ތީމުގެއިން އޭރު ތުއްޕުޅު ޣައްސާން އާއި އަނބިކަނބަލުންނާއެކު

ނިކުމެވަޑައިގަތީ ހިތްވަރުފުޅު ގަދަވީމާ ކަމަށެވެ. އެއްވެސް ބޭފުޅަކާ ބެހޭގޮތުން މިފަދަ

ހައްސާސް ކަމެއްގައި އަސްލެއް ނެތް ވާހަކަ ދެއްކުން ރަނގަޅު ނޫންކަމުގައިވެސް

ވިދާޅުވެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް