އިންޑިއާ-އޮސްޓްރޭލިއާ ސަލާމަތީ ގުޅުންތައް ވަރުގަދަކުރަނީ

އިންޑިއާ-އޮސްޓްރޭލިއާ ޖޮއިންޓް ވޯކިން ގްރޫޕް އޮން ކައުންޓަރ ޓެރަރިޒަމްގެ 15 ވަނަ ބައްދަލުވުން އޮސްޓްރޭލިއާގެ ވެރިރަށް ކެންބަރާގައި މިދިޔަ ހަފްތާގައި ބާއްވާއިފިއެވެ. މި ބައްދަލުކުރެއްވުމުގެ ރިޔާސަތު ބ...

05 Nov 2025 | 04:48
އިންޑިއާ - އޮސްޓްރޭލިއާ

އިންޑިއާ - އޮސްޓްރޭލިއާ

އިންޑިއާ-އޮސްޓްރޭލިއާ ޖޮއިންޓް ވޯކިން ގްރޫޕް އޮން ކައުންޓަރ ޓެރަރިޒަމްގެ 15 ވަނަ ބައްދަލުވުން އޮސްޓްރޭލިއާގެ ވެރިރަށް ކެންބަރާގައި މިދިޔަ ހަފްތާގައި ބާއްވާއިފިއެވެ.

މި ބައްދަލުކުރެއްވުމުގެ ރިޔާސަތު ބެލެހެއްޓެވީ އިންޑިއާގެ މިނިސްޓްރީ އޮފް އެކްސްޓަރނަލް އެފެއާޒްގެ ޖޮއިންޓް ސެކްރެޓަރީ (ކައުންޓަރ ޓެރަރިޒަމް) ޑރ ވިނޯދް ބަހާދޭއާއި، އޮސްޓްރޭލިޔާގެ އެމްބެސެޑަރ ފޮރ ކައުންޓަރ ޓެރަރިޒަމް ޖެމާ ހަގިންސް އެވެ.

މި ބައްދަލުކުރެއްވުމުގައި ދެފަރާތުންވެސް ވަނީ ސަރަޙައްދީ އަދި ބައިނަލްއަޤްވާމީ ޓެރަރިޒަމްގެ ސަބަބުން ކުރިމަތިވަމުންދާ ނުރައްކާތަކާ ބެހޭގޮތުންނާއި، ޓެރަރިޒަމާ ދެކޮޅަށް މަސައްކަތްކުރުމާއި، ޤާނޫނު ތަންފީޛުކުރުމާއި، ޝަރުޢީ ދާއިރާ އާއި މެރިޓައިމް ސެކިއުރިޓީ ފަދަ ދާއިރާތަކުން ގުޅިގެން މަސައްކަތްކުރެވިދާނެ ގޮތްތަކާ ބެހޭގޮތުން މަޝްވަރާކޮށްފައެވެ. އަދި މިއަހަރުގެ އޭޕްރީލް މަހުގެ 22 ވަނަ ދުވަހު ކަޝްމީރުގެ އިންޑިއާފަޅީގެ ޕަހަލްގަމްގައި ދިން ޓެރަރިސްޓް ހަމަލާ ކުށްވެރިކޮށް، އޮސްޓްރޭލިއާ އިން ވަނީ އިންޑިއާއާއެކު އޮތްކަމުގެ ޔަގީންކަން އަރުވާފައެވެ.

މީގެ އިތުރުން، ޓެރަރިޒަމާ ދެކޮޅަށް ކުރެވޭ މަސައްކަތަށް ކުރިމަތިވާ ގޮންޖެހުންތައް ޙައްލުކުރުމުގައި ދެޤައުމުގެ ގުޅިގެން މަސައްކަތްކުރުމުގެ މުހިއްމުކަން ފާހަގަކޮށް، ޓެރަރިޒަމްގެ ޙަރަކާތްތަކުގައި އާ ޓެކްނޮލޮޖީތައް ބޭނުންކުރުން ހުއްޓުވުމަށް ދެޤައުމުން ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަމާއި ޓެރަރިޒަމަށް މަގުފަހިވާ ކަންކަމާއި ހައްދުފަހަނައަޅައި ދިއުމާ ދެކޮޅަށް ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަން ދެ ޤައުމުން ވަނީ ފާހަގަކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް