ގަވައިދާއި ޚިލާފަށް އުޅެމުން ދިޔަ އިތުރު 5 ބިދޭސީއަކު އަތުލައިގެންފި

މާލޭގައި ސައްހަ ވިސާއެއް ނެތި ގަވައިދާއި ޚިލާފަށް އުޅުނު އިތުރު ބިދޭސީންތަކެއް އިމިގްރޭޝަނުން އަތުލައިގެންފި އެވެ. އިމިގްރޭޝަނުން ބުނީ ހޯމަ ދުވަހު ކުރިއަށް ގެންދިޔަ ރެއިޑް އޮޕަރޭޝެއްގައި މާލޭގައި ހުން...

05 Nov 2024 | 17:10

މާލޭގައި ސައްހަ ވިސާއެއް ނެތި ގަވައިދާއި ޚިލާފަށް އުޅުނު އިތުރު ބިދޭސީންތަކެއް އިމިގްރޭޝަނުން އަތުލައިގެންފި އެވެ.

އިމިގްރޭޝަނުން ބުނީ ހޯމަ ދުވަހު ކުރިއަށް ގެންދިޔަ ރެއިޑް އޮޕަރޭޝެއްގައި މާލޭގައި ހުންނަ ރެސްޓޯރަންޓެއް ބަލައި ފާސްކޮށްފައިވާ ކަމަށެވެ. އަދި ސައްހަ ވިސާއެއް ނެތި، ގަވާއިދާ ހިލާފަށް މިތަނުގައި މަސައްކަތް ކުރަމުންދިޔަ 5 ބިދޭސީއަކު އެ އިދާރާގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް އިމިގްރޭޝަނުން ބުނެ އެވެ.

"އިއްޔެ ކުރިއަށް ގެންދިއަ ރެއިޑު އޮޕަރޭޝެއްގައި މާލޭގައި ހުންނަ ރެސްޓޯރަންޓެއް ވަނީ ބަލައި ފާސްކޮށްފައި. އަދި ސައްހަ ވިސާއެއް ނެތި، ގަވާއިދާ ހިލާފަށް މިތަނުގައި މަސައްކަތް ކުރަމުންދިއަ 05 ބިދޭސީއަކު ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެވިފައި."އިމިގްރޭޝަނުންއެކްސްގައިކުރެއްވިޕޯސްޓެއްގައިބުނެފައިވެއެވެ.

މާލެ ސަރަހައްދުގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލު ކުރަން ފެށި އޮޕަރޭޝަންގެ ދަށުން މިހާތަނަށް މާލެ އާއި ހުޅުމާލެ އިން ގިނަ އަދަދެއްގެ ބަޔަކު އަތުލައިގެންފައިވާއިރު، މީގެ ތެރޭގައި ގިނައީ ބަންގްލަދޭޝްގެ މީހުންނެވެ.

އިމިގްރޭޝަނުން ބުނެފައިވާ ގޮތުގައި މިދިޔަ އަހަރުގެ ނޮވެމްބަރު 17 އިން ފެށިގެން މިހާތަނަށް 4،000 އަށް ވުރެ ގިނަ ބިދޭސީން ޑީޕޯޓްކޮށްފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް