ޕޯޗުގަލް އާއި އަލް ނަޞްރުގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލް އެނބުރި އޭނާގެ ކުރީގެ ކުލަބު މެންޗެސްޓަރ ޔުނައިޓެޑަށް އަލުން އެނބުރި އައުމަށް އިނގެރޭސި ފުޓުބޯޅަ ލެޖެންޑް ޓެޑީ ޝެރިންހަމް ބުނެފިއެވެ.
އިނގެރޭސި ކުޅިވަރު ނޫހެއް ކަމުގައިވާ "ދި ސްކޯރ" އަށް ދިން ބަސްދީގަތުމެއްގައި ވާހަކަ ދައްކަމުން ޝެރިންހަމް ބުނީ ރޮނާލްޑޯ އަކީ އަދިވެސް ދުނިޔޭގައި ހުރި އެންމެ މޮޅު ކުޅުންތެރިޔާކަމަށް ގިނަ ބަޔަކު ގަބޫލުކުރާ ކުޅުންތެރިއާ ކަމަށާއި އެނބުރި ޔުނައިޓެޑަށް އައުމަކީ ހޫނު މަރުހަބާއެއް ކިޔާނޭ ކަމެއްކަމަށެވެ.
"މެންޗެސްޓާ ޔުނައިޓެޑުން އަދިވެސް އޮތީ ކްރިސްޓިއާނޯ ރޮނާލްޑޯއަށް "ވަރަށް ހޫނު މަރުހަބާއެއް ކިޔާގޮތަށް." އިންގްލެންޑްގެ ކުރީގެ ފޯވާޑް ޓެޑީ ޝެރިންހަމް ބުންޏެވެ.
ޝެރިންހަމް ބުނީ ރޮނާލްޑޯގެ މިހާރުގެ އުމުރަކީ39 އަހަރު ނަމަވެސް އަދިވެސް އޭނާގެ ލަނޑު ޖެހުމަށް ބަދަލެއް ނާންނަކަމަށެވެ. އަދި ކެރިއަރުގެ ބާކީ އޮތް ދުވަސްކޮޅު މިހާރުގެ ކުލަބާއި އެކު ހޭދަކޮށްފާނެ ކަމަށް ގަބޫލުނުކުރާ ކަމަށް ވެސް އޭނާ ބުންޏެވެ.
ރޮނާލްޑޯ އަކީ މީގެ ކުރިން ޔުނައިޓެޑަށް ދެފަހަރެއްގެ މަތިން ކުޅެފައިވާ ކުޅުންތެރިއެކެވެ. އެ ކުލަބާއި އެކު ގިނަ ކާމިޔާބީތަކެއްވެސް ރޮނާލްޑޯ ވަނީ ހޯދާފައެވެ. އޭގެތެރޭގައި ޕްރިމިއާ ލީގާއި ޗެމްޕިއަންސް ލީގާއި ބެލޮންޑިއޯގެ ޝަރަފު އެ ކުލަބާއި އެކު ރޮނާލްޑޯ ހޯދައިފަ އެވެ.
ޝެރިންހަމް އިތުރަށް ބުނީ ޔުނައިޓެޑުގައި މިހާރު އެހުރި ކޯޗަކީ ރޮނާލްޑޯގެ ވަރަށް އަރިސް ކޯޗެއް ކަމަށާއި އެ ކޯޗާއި ރޮނާލްޑޯގެ ސްޓައިލާއި ވަރަށް ގުޅޭނޭ ކަމަށެވެ. އަދި ރޮނާލްޑޯ އެނބުރި ޔުނައިޓެޑަށް އައުމަކީ ހަމަ އެންމެ ރަނގަޅު ނިންމުމެއްކަމުގައި ވާނޭ ކަމަށް ޝެރިންހަމް ބުންޏެވެ. އޭނާ އިތުރަށް ބުނީ ޑެވިޑް ބެކަމް ގޮތަށް ކޯޗިން ދާއިރާއިން ރޮނާލްޑޯ ފެނުން ދުރުކަމަށެވެ.
މިހާރު ސައުދީގެ އަލް ނަޞަރަށް ކުޅެމުން އަންނަ ފޯވަޑް ރޮނާލްޑޯ އަކީ ދުނިޔޭގައި މިވަގުތު ތިބި އެންމެ މޮޅު ކުޅުންތެރިންގެ ތެރޭގައި އަދިވެސް ހިމެނޭ ކުޅުންތެރިއެކެވެ. ރޮނާލްޑޯ ވަނީ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ފަސް ފަހަރު ހޯދާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް