ޒިއޯން މޯބައިލްސްގެ ހަތަރު ނަމްބަރު ފިހާރަ ފަޅާލައި ވައްކަންކުރިކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހާ 20 ދުވަހަށް ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފިއެވެ.
ހައްޔަރުކޮށްފައިވަނީ ހއ. މާރަންދޫ، ފިނިރޯޅި، އުމުރުން 47 އަހަރުގެ އަހްމަދު ނިޔާޒެވެ.
ފުލުހުން މިއަދު ބުނެފައިވަނީ އޭނާގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން 20 ދުވަހަށް ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފައިވާކަމަށެވެ.
މާފަންނު، މަޖީދީމަގު އޯޑިއޯން ބަސް ސްޓޮޕް ކައިރީގައި ހުންނަ ޒިއޯން މޯބައިލްސްގެ ހަތަރު ނަމްބަރު ފިހާރައިގެ ބިއްލޫރިގަނޑެއް ތަޅާލައިގެން ވަދެ ވައްކަންކޮށްފައިވަނީ އިއްޔެރޭގެ ފަތިހު 05:30 ހާއިރުގައެވެ.
އަހްމަދު ނިޔާޒް ހައްޔަރުކޮށް ބަލާ ފާސްކުރިއިރު އޭނާ ގެންގުޅުނު ދަބަހެއްގެ ތެރެއިން ނުވަ ފޯނު ފެނިފައިވާކަމަށް ފުލުހުން ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް