ޔޫރަޕަށް ފޮތި އެކްސްޕޯޓް ކުރުމަށް ރާއްޖެއިން ފަހިކޮށްދިނީ އިންޑިއާއަށްވުރެ އަގުހެޔޮ އަދި އަވަސް ޚިދުމަތެއް: ބަންގްލަދޭޝްގެ ވިޔަފާރިވެރިން

ފާއިތުވި ދެތިންދުވަހަކު އިންޑިއާގެ ނޫސްތަކުގެ ފަލަސުރުހީގައި އޮތީ ދުނިޔޭގެ ނިސްބަތުން ދެވަނައަށް އެންމެ ގިނައިން ފޮތި އުފައްދާ ޤައުމުކަމަށްވާ ބަންގްލަދޭޝް އިން އެ ޤައުމުން އުފައްދާ ފޮތި ޔޫރަޕަށް އެކްސ...

05 Nov 2024 | 02:30

ފާއިތުވި ދެތިންދުވަހަކު އިންޑިއާގެ ނޫސްތަކުގެ ފަލަސުރުހީގައި އޮތީ ދުނިޔޭގެ ނިސްބަތުން ދެވަނައަށް އެންމެ ގިނައިން ފޮތި އުފައްދާ ޤައުމުކަމަށްވާ ބަންގްލަދޭޝް އިން އެ ޤައުމުން އުފައްދާ ފޮތި ޔޫރަޕަށް އެކްސްޕޯޓް ކުރުމަށް އިންޑިއާގެ ޕޯޓްތައް ދޫކޮށް ރާއްޖެ ޚިޔާރުކުރި ކުރުމުގެ ވާހަކައެވެ.

އިންޑިއާގެ މިންޓް ނޫގައި "ބަންގްލަދޭޝް އިން ފޮތީގެ އުފެއްދުންތައް އެކްޕޯޓް ކުރުމުގައި އިންޑިއާ ދޫކޮށް ރާއްޖެ ޚިޔާރުކޮށްފި" މިފަދަ މޭރުމަކުން މި ނޮވެމްބަރު މަހުގެ ދެވަނަ ދުވަހު ޝާއިޢުކުރި ޚަބަރާއެކު އިންޑިއާގެ މީޑިއާތަކުގެ ފަލަސުރުހީގައި ފާއިތުވި ދެތިން ދުވަހު ބޮޑު މައުލޫއެއްގެ ގޮތުގައި އެއް އެއް މައުލޫއަކީ މި މައުލޫއެވެ.

އިންޑިއާއިން އުފައްދަމުންދިޔަ ސުވާލާއި އިންޑިއާގެ ކަންބޮޑުވުމުގެ ޖަވާބު، ބަންގްލަދޭޝްގެ ދަ ސްޓަރ ނޫހުން މިއަދު މިވަނީ ގެނެސްދީފައެވެ.

ކުރު ޖަވާބަކީ ޔޫރަޕަށް އެކްސްޕޯޓް ކުރުމުގައި ރާއްޖޭގެ މަގު އިންތިހާއަށް އަގުހެޔޮވުމާއި ޚިދުމަތް އަވަސްވުމެވެ.

ދަ ސްޓަރ ނޫހަށް މިކަމާއި ގުޅޭގޮތުން މައުލޫމާތުދެމުން ބަންގްލަދޭޝް ފްރެއިޓް ފޯވާޑާސް އެސޯސިއޭޝަންގެ ރައީސް ކަބީރް އަހްމަދު ބުނެފައިވަނީ ރާއްޖެއިން މަގުފަހިކޮށްދިނީ އިންޑިއާއާއި ވާދަވެރި އަދި ވަކިން އަގުހެޔޮ އަދި ހަމަ އެހެންމެ އަވަސް ޚިދުމަތެއްގެ ފުރުސަތު ކަމަށެވެ. މިހާރު މުދާ އަވަހަށް ޔޫރަޕަށް ފޮނުވާލެވުމުގެ އިތުރުން ކިލޯއަކުން ޑޮލަރެއް ވަރު ބަންގްލަދޭޝްގެ އެކްސްޕޯޓަރުންނަށް ސަލާމަތްކުރެވިގެންދާކަން ކަބީރް އަހްމަދު ފާހަގަކުރިއެވެ.

އެ ނޫހުގައި ފާހަގަކޮށްފައިވާގޮތުގައި އިންޑިއާ މަގުން ފޮނުވާނަމަ ކިލޯއަކަށް 6.30 އާއި 6.50 ޑޮލަރު ވަރު ހޭދަވެއެވެ. ނަމަވެސް ރާއްޖެމަގު ޚިޔާރުކުރާނަމަ އެ އަދަދު ކިލޯއަކަށް ބަލާނަމަ 3.80 ނޫނީ 4.10 އަށް ދަށްކޮށްލެވޭކަން ފާހަގަކޮށްފައިވެއެވެ.

މީގެ އިތުރުން ކަބީރް އަހްމަދު ބުނެފައިވަނީ އިންޑިއާއިން ގޯސްކޮށް ކުރަމުންދިޔަ އަނެއް ކަމަކީ އެ ނޫން ރަނގަޅު މަގެއް ބަންގްލަދޭޝްގެ އެކްސްޕޯޓަރުންނަށް ނެތްކަމަށް ބަލައި އިންޑިއާގެ މުދާ އެކްސްޕޯޓް ކުރުމަށް އިސްކަންދީ (ގަސްތުގައި) ބަންގްލަދޭޝްގެ އުފެއްދުންތައް އެކްސްޕޯޓް ކުރުން ލަސް ކުރުމެވެ. އިންޑިއާގެ ނޫސްތަކުގައި ރިޕޯޓްކޮށްފައިވާގޮތުގައި ބަންގްލަދޭޝް ވިޔަފާރިވެރިންގެ އެ ނިންމުމުގެ ސަބަބުން އިންޑިއާގެ ޕޯޓްތަކަށް ލިބޭ އާމްދަނީއަށް ނުރަނގަޅު ބޮޑު އަސަރެއް ކުރާނެއެވެ.

ރާއްޖެއިން ސީ-ޓު-އެއާ ކާގޯގެ ޚިދުމަތް ތައާރަފް ކުރުމާއެކު ބަންގްލަދޭޝްގެ އެކްސްޕޯޓަރުން އިންޑިއާއަށް ބަރޯސާވި ބަރޯސާވުން އެކުގައިހެން ދޫކޮށްލުގެ ފުރުސަތު ލިބިފައިވާއިރު ރާއްޖެއިން ދެމުން އަންނަ ޚިދުމަތަކީ އަވަސް އަދި އަގުހެޔޮ ޚިދުމަތެއްކަން ދަ ޑެއިލީ ސްޓަރގައި ފާހަގަކޮށްފައިވެއެވެ.

ރާއްޖެއިން ތައާރަފްކުރި ސީ-ޓު-އެއަރ ކާގޯ ޚިތުމަތަކީ އިންޓަނޭޝަނަލް އެތައް އެއާލައިނެއް، ޚާއްސަކޮށް ޔޫރަޕަށް ދަތުރުކުރާ ބޮޑެތި އެއާލައިންތައްވެސް ބައިވެރިވެފައިވާ އޮޕަރޭޝަނެއް ކަމުން، ކަނޑުމަގުން ބަންގްލަދޭޝް އިން ރާއްޖެއަށް ފޮނުވާ މުދާ އަވަސްކަމާއެކު އަގުހެޔޮކޮށް ޔޫރަޕްގެ ޤައުމުތަކަށް އެކްސްޕޯޓް ކުރުމުގެ ފުރުސަތު ފަހިވެގެންދެއެވެ.

ދުނިޔޭގެ މާކެޓްގައި އަންނައުނު އުފައްދާ އެންމެ ބޮޑެތި ކުންފުނިތައް ކަމުގައިވާ H&M އަދި Zara ފަދަ އެތައް ކުންފުންޏަކަށް ބަންގްލަދޭޝްގެ ފޮތީގެ ވިޔަފާރިވެރިން އެ ވިޔަފާރިވެރިންގެ ފޮތި އެކްސްޕޯޓްކުރަމުންގެންދެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް