ބޮލީވުޑް ދެ ތަރިން ކަމުގައިވާ ކުނާލް ޚޭމޫ އާއި ސޯހާ އަލީ ޚާންވެސް ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އެބަގެންދެއެވެ.
ދެ ތަރިން ޗުއްޓީ ހޭދަކުރަމުން އަންނަނީ ޕަޓީނާ މޯލްޑިވްސް ރިސޯޓްގައެވެ. ދެ ތަރިން ޗުއްޓީއަށް ރާއްޖެ އައިސްފައިވަނީ ދެ ތަރިންގެ ދަރިފުޅު، އުމުރުން 7 އަހަރުގެ އިނާޔާ ނައުމީ ޚޭމޫ ޚާން ވެސް ގޮވައިގެންނެވެ.
މި ދެ ތަރިންގެ އިތުރުން ސައިފް އަލީ ޚާން އާއި ކަރީނާ ކަޕޫރް ޚާން އަދި އަކްޝޭ ކުމާރުވެސް އަންނަނީ ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުންނެވެ. އަދި ހަމަ އެހެންމެ ސަނީ ލިއޯންގެ އާއިލާވެސް އަންނަނީ މިވަގުތު ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުންނެވެ.
ސޯހާ އަދި ކުނާލް އަށް ބަލައިލާއިރު ފިލްމީ ދާއިރާގައި ސޯހާ މިހާރު ކުރަމުން އަންނަނީ ފިލްމު، ޗޯރީ2ގެ މަސައްކަތެވެ. ކުނާލް އެންމެ ފަހުން ކުޅެފައިވާ ފިލްމަކީ މި އަހަރުގެ މާރިޗް މަހު ރިލީޒްކުރި މަޑްގާއޮނ އެކްސްޕްރެސް އެވެ.
ކުނާލް އާއި ސޯހާ ކައިވެނިކުރީ 2015 ވަނަ އަހަރުގައެވެ. އެ ދެމަފިރިންނަށް އިނާޔާ ލިބުނީ 2017 ވަނަ އަހަރުގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް