ޣައްޒާއަށް ނިއުކްލިއާ ބޮމެއް ވައްޓާލަންވީކަމުގައި އިޒްރޭލުގެ މިނިސްޓަރަކު ބުނެފި

ޣައްޒާއަށް ނިއުކްލިއާ ބޮމެއް ވައްޓާލައި އެއް ފަހަރުން ޣައްޒާގެ ދުވަސް ދުއްވާލަންވީ ކަމުގައި އިޒްރޭލުގެ މިނިސްޓަރަކު ބުނެފިއެވެ. މިހެން ބުނެފައިވަނީ އެ ގައުމުގެ ހެރިޓޭޖް މިނިސްޓަރު އަމިޗައި އެލިޔާހޫ އެ...

05 Nov 2023 | 11:42

ޣައްޒާއަށް ނިއުކްލިއާ ބޮމެއް ވައްޓާލައި އެއް ފަހަރުން ޣައްޒާގެ ދުވަސް ދުއްވާލަންވީ ކަމުގައި އިޒްރޭލުގެ މިނިސްޓަރަކު ބުނެފިއެވެ.

މިހެން ބުނެފައިވަނީ އެ ގައުމުގެ ހެރިޓޭޖް މިނިސްޓަރު އަމިޗައި އެލިޔާހޫ އެވެ.

އިޒްރޭލުގެ ރޭޑިއޯއަކަށް ދިން އިންޓަވިއެއްގައި އޭނާ ބުނެފައިވަނީ ޣައްޒާއަށް ނިއުކްލިއާ ބޮމެއް ވައްޓާލުމަކީވެސް އޮތް "އޮޕްޝަނެއް" ކަމަށާއި ސަލާމަތް ބޭނުންވާ ޣައްޒާ ރައްޔިތުން ޣައްޒާ ދޫކޮށް އެހެން ސަރަހައްދުތަކަށް ދެވިދާނެކަމަށެވެ.

ނިއުކްލިއާ ބޮމެއްގެ ހަމަލާ ޣައްޒާއަށް ދެވިދާނެ ކަމަށް މި މިނިސްޓަރު ބުނުމާއެކު މަސްރަހުވަނީ އިތުރަށް ހޫނުވެގެން ގޮސްފައެވެ. އަދި އެއީ އިސްރާއީލު ސަރުކާރުގެ ވިސްނުން ނޫންކަމަށް ދެއްކުމަށް އޭނާ މިހާރު މަގާމުން އެކަހެރިކޮށްފައިވާކަމަށް އިސްރާއީލުން ބުނެފައިވެއެވެ.

ނިއުކްލިއާ ބޮމެއް ޣައްޒާއަށް ވައްޓާލާ ވާހަކަ އިސްރާއީލުގެ މިނިސްޓަރަކު މިއަދު ބުނެފައިވާއިރު ފާއިތުވި 30 ދުވަހު އިޒްރޭލުން އަންނަނީ ޣައްޒާގައި ހަނގުރާމައިގެ ނަމުގައި އިންސާނީ ކަރާމަތާ ހިލާފު އެތައް ޖަރީމާތަކެއް ހިންގަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް