ޔަމަނުން އިސްރާއީލަށް ފޮނުވާލި މިސައިލެއް ސައޫދީން ގޮއްވާލައިފި

ޔަމަނުގެ ހޫތީން އިސްރާއީލަށް ފޮނުވާލި މިސައިލު ހަމަލާއެއް ސައޫދީ އަރަބިއްޔާގެ ދިފާއީ މެކޭނިޒަމުން ގޮއްވާލާފައިވަކަމުގައި ތުހުމަތުކޮށްފިއެވެ. މި ތުހުމަތު ހަމާސް ޖަމާއަތުންވެސް ކޮށްފައިވެއެވެ. އެގޮތުން ...

05 Nov 2023 | 03:02

ޔަމަނުގެ ހޫތީން އިސްރާއީލަށް ފޮނުވާލި މިސައިލު ހަމަލާއެއް ސައޫދީ އަރަބިއްޔާގެ ދިފާއީ މެކޭނިޒަމުން ގޮއްވާލާފައިވަކަމުގައި ތުހުމަތުކޮށްފިއެވެ.

މި ތުހުމަތު ހަމާސް ޖަމާއަތުންވެސް ކޮށްފައިވެއެވެ.

އެގޮތުން ހަމާސް ޖަމާއަތުގެ ރަސްމީ ޓެލެގްރާމް ޗެނަލްގައި ބުނެފައިވާގޮތުގައި ޔަމަނުން ޔަހޫދީންނަށް އަމާޒުކޮށް ފޮނުވާލި މިސައިލު ޖައްވުގައިވަނިކޮށް ގޮއްވާލީ ސައޫދީ އަރަބިއްޔާގެ އެއާ ޑިފެންސުންނެވެ.

ހަމަ އެފަދައިން އުރުދުންވެސް ފާއިތުވި ދުވަސްތަކުގައި ސޫރިޔާއިން އިސްރާއީލަށް އަމާޒުކޮށް ފޮނުވާލި މިސައިލެއް ޖައްވުގައި ވަނިކޮށް ގޮއްވާލާފައިވެއެވެ.

މީގެ އިތުރުން މީގެ ހަފްތާއެއްހާދުވަސް ކުރިން މިސްރުގެ މަތިން އިސްރާއީލަށް އަމާޒުވާންދިޔަ ދެ ޑްރޯން ހަމަލާ މިސްރުގެ އެއާ ޑިފެންސުން ގޮއްވާލާފައިވެއެވެ. އެއީވެސް ޔަމަނުން އިސްރާއީލަށް އަމާޒުކުރި ހަމަލާއެއްކަން ހަމާސްއިން ހާމަކޮށްފައިވެއެވެ.

ހަމާސް އިން މިއަދު މިހެން ބުނެފައިވާއިރު އިޒްރޭލު މީޑިއާގައިވެސް ސައޫދީން ރޭގައި އެ މިސައިލު ގޮއްވާލިކަން ރިޕޯޓްކޮށްފައިވެއެވެ.

މިހެން ދިމާވަނީ ހަމަލާ ދޭން ބަލާއިރު ސޫރިޔާ އޮތީ އުރުދުންގެ ބިއްދަށުގައި ކަމަށްވެފައި ޔަމަނު އޮތީ ސައޫދީ އަރަބިއްޔާގެ ބިއްދޮށުގައި ކަމުން މަތިންދޭ ހަމަލާތަކުގައި ސައޫދީ އަދި އުރުދުންގެ ވައިގެ ސަރަހައްދު ބޭނުން ކުރަން ޖެހުމެވެ.

މީޑިއާ ރިޕޯޓްތައް ކުރިން ބުނެފައިވާގޮތުގައި ޔަމަނުގެ ހޫތީން އިޒްރޭލަށް ހަމަލާ ދިނުމަށް ވައިގެ ސަރަހައްދު ބޭނުންކުރުމުގެ ހުއްދައަށް ސައޫދީ އަރަބިއްޔާއާއި މިސްރުގެ ކިބައިން އެދިފައިވެއެވެ. އެހެން ނަމަވެސް އެ ހުއްދަ ސައޫދީ އަރަބިއްޔާ އަދި މިސްރުންވެސް ދީފައެއް ނުވެއެވެ.

މިކަމުގައި އަދި ސައޫދީ އަރަބިއްޔާއިން ބަހެއް ބުނެފައެއް ނުވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް