ޣައްޒާގެ އިތުރު ރެފިއުޖީ ކޭމްޕަކަށް ހަމަލާދީ 51 މީހަކު ޝަހީދުކޮށްލައިފި

ރޭގައި އިޒްރޭލުން ޣައްޒާގެ އިތުރު ރެފިއުޖީ ކޭމްޕަކަށް ހަމަލާދީ 51 މީހަކު ޝަހީދުކޮށްލައިފިއެވެ. ފަލަސްތީނުގެ ވަފާ ނިއުސް އޭޖެންސީން ހާމަކޮށްފައިވާގޮތުގައި އެ ހަމަލާ ދީފައިވަނީ ޣައްޒާގެ ދެއިރް އަލް-ބަލާ...

05 Nov 2023 | 01:13

ރޭގައި އިޒްރޭލުން ޣައްޒާގެ އިތުރު ރެފިއުޖީ ކޭމްޕަކަށް ހަމަލާދީ 51 މީހަކު ޝަހީދުކޮށްލައިފިއެވެ.

ފަލަސްތީނުގެ ވަފާ ނިއުސް އޭޖެންސީން ހާމަކޮށްފައިވާގޮތުގައި އެ ހަމަލާ ދީފައިވަނީ ޣައްޒާގެ ދެއިރް އަލް-ބަލާހްގެ މަޣާޒީ ރެފިއުޖީ ކޭމްޕަށެވެ.

ވަފާއިން ރިޕޯޓްކޮށްފައިވާގޮތުގައި މި ހަމަލާ އަމާޒުކޮށްފައިވަނީ އެ ކޭމްޕްގައި ދިރިއުޅޭ ސެމާން ދަރިފަސްކޮޅުގެ އާއިލާތަކެއް ދިރިއުޅެމުން އަންނަ ގެތަކަކަށެވެ. މި ހަމަލާގައި 51 މީހަކު ޝަހީދުވެފައިވާއިރު އެތައް ބަޔަކު ޒަޚަމްވެފައިވާކަމަށާއި އަދި ބިމާހަމަވެފައިވާ ގެތަކުގެ ގާކުނޑިތަކުގެ ދަށުގައިވެސް އެތައް ބަޔަކު ވުން އެކަށީގެންވާކަމުގައިވެސް ރިޕޯޓްކޮށްފައިވެއެވެ.

ވަފާއިން ބުނެފައިވާގޮތުގައި ޝަހީދުވި މީހުންގެ ތެރޭގައި ގިނައީ ކުޑަކުދިންނާއި އަންހެނުންނެވެ.

މި ހަމަލާގައި 51 މީހަކު ޝަހީދުވެފައިވާއިރު ޣައްޒާއިން ޝަހީދުވި ޖުމްލަ އަދަދު އިއްޔެއާއި ހަމައަށް ވަނީ 9،425 އަށް އަރާފައެވެ. ޒަޚަމްވެފައިވާ މީހުންގެ އަދަދު ވަނީ 25 ހާހުން މައްޗަށް ގޮސްފައެވެ.

ރޭގައި ހަމަލާތައް އަމާޒުވި މަޣާޒީ ރެފިއުޖީ ކޭމްޕަކީ ޣައްޒާގެ 33 ހާހަށްވުރެ ގިނަ ރައްޔިތުން ދިރިއުޅެމުން އަންނަ ސަރަހައްދެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް