އަންނަ ރިޔާސީ އިންތިހާބުގައި އިންޑިއާ ބަލިކުރައްވާނެ ކަމަށް ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.
އިދިކޮޅު ޕީޕީއެމްގެ އެތެރޭގެ އިންތިހާބު ތެރޭގައި މިއަދު ހެންވޭރު ދަނޑަށް ވަޑައިގެން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ރައީސް ޔާމީން ވިދާޅުވީ، ޕީޕީއެމްގެ އެތެރޭގެ އިންތިހާބުގެ ބޭނުމަކީ އަންނަ ރިޔާސީ އިންތިހާބަށް ތައްޔާރުވުން ކަމަށެވެ. އެހެންކަމުން ރިޔާސީ އިންތިހާބުގައި އިންޑިއާ ބަލިކުރައްވާނެ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.
ރައީސް ޔާމީން މިފަދައިން ވިދާޅުވެފައި މިވަނީ ރިޔާސީ އިންތިހާބުގައި މި ސަރުކާރު ބަލިކުރެއްވުމަށް އިޝާރާތް ކުރައްވަމުންނެވެ. އެމަނިކުފާނު ދެކިލައްވާ ގޮތުގައި މި ސަރުކާރަށް ދެވަނަ ދައުރެއް ލިބިއްޖެނަމަ ދިވެހި ރާއްޖެ އިންޑިއާއަށް އަޅުވެތިވާނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް