އެސްޖެހި ގަނޑުވަރު ތަރައްޤީކޮށް ބަލަހައްޓާނެ ފަރާތެއް ހޯދުމަށް ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިއަދު އިއުލާނުކޮށްފިއެވެ.
ފަރުކޮޅުފުށްޓަށް މިހާރު ބަދަލު ކޮށްފައިވާ އެސްޖެހި ގަނޑުވަރުގެ އަސްލު ނުގެއްލޭ ގޮތަށް ތަރައްޤީކޮށް ހިންގަން ބޭނުންވާ ފަރާތްތަކުން އެކަމަށް އެދި އެޗްޑީސީގެ ވެބްސައިޓުގައިވާ އިންވެސްޓްމެންޓް ގައިޑްލައިނާއި އެއްގޮތަށް އެކްސްޕްރެޝަން އޮފް އިންޓަރެސްޓް ފޯމު ފުރިހަމަކޮށް މިމަހުގެ 23 ވަނަ ދުވަހުގެ މެންދުރު 2:00 އާއި ހަމައަށް ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.
އެޗްޑީސީން ކުރި އިއުލާނުގައި ބުނެފައިވަނީ މި ޕްރޮޖެކްޓް ހަވާލުކުރުމުގައި އިސްކަންދޭނީ އެޗްޑީސީގެ މާސްޓާރޕްލޭނާއި އެއްގޮތަށް އެތަން ތަރައްޤީ ކުރުމުގެ ވިސްނުމާއި އެއްގޮތް މޮޑަލެއް ހުށަހަޅާ ފަރާތަކަށް ކަމަށެވެ.
މި ޕްރޮޖެކްޓު ކުރިއަށް ގެންދަން އެޗްޑީސީން ބޭނުންވަނީ އެތަން ތަރައްޤީކުރާ ބަޔަކު ހިންގާ މޮޑަލަކަށެވެ. ނަމަވެސް އެ ނޫން މޮޑަލަކަށް އެތަން ހިންގަން ބޭނުންވާ ފަރާތްތަކަށް ވެސް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު އެޗްޑީސީން ވަނީ ހުޅުވާލާފައެވެ.
އެޗްޑީސީން ބުނިގޮތުގައި މި ޕްރޮޖެކްޓު ހަވާލުކުރުމުގައި އެ ކޯޕަރޭޝަނުން ބަލާނީ ޕްރޮޕޯސަލް ހުށަހަޅާ ފަރާތްތަކުގެ ޢަމަލީ ތަޖުރިބާއާއި މާލީ ގާބިލިއްޔަތުކަމުގެ އިތުރުން ފަންނީ ފެންވަރާއި މަސައްކަތު ކުރުމުގެ ޤާބިލުކަމުގެ މައްޗަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް