މިއަދު ބޭއްވި ދެ ބައި އިލެކްޝަންވެސް އިދިކޮޅު ޕީޕީއެމްއިން ކާމިޔާބު ކޮށްފި އެވެ.
މިއަދު ބާއްވާފައިވަނީ ނ. މަގޫދޫ ކައުންސިލަށް އަންހެން މެމްބަރަކު އިންތިހާބު ކުރުމަށާއި، ލ. ކަލައިދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީއަށް މެމްބަރަކު ހޮވުމަށް ބޭއްވި އިންތިހާބެވެ.
މަގޫދޫ ބައި އިލެކްޝަންގައި ވާދަ ކުރީ ވެރިކަން ކުރާ އެމްޑީޕީ ޕީޕީއެމް އެވެ. އިލެކްޝަންސް ކޮމިޝަނުން އާންމުކޮށްފައިވާ ވަގުތީ ނަތީޖާ ދައްކާގޮތުން ޕީޕީއެމްގެ ކެންޑިޑޭޓު އާމިނަތު ޔުމްނާ އަބްދުލް ގަނީއަށް ލިބިފައިވަނީ124 ވޯޓެވެ. އެމްޑީޕީ ފަރީދާ ހާލިދަށް ލިބިފައިވަނީ115 ވޯޓެވެ.
ވަގުތީ ނަތީޖާ ދައްކާގޮތުން ކަލައިދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިހާބު ކާމިޔާބު ކުރި ޕީޕީއެމްގެ ކެންޑިޑޭޓު އައިޝަތު ޝާފިއާއަށް197 ވޯޓު ލިބިފައިވެ އެވެ. އެމްޑީޕީގެ ކެންޑިޑޭޓު ހުވައިލަތު ރަހީމާއަށް ލިބިފައިވަނީ192 ދެ ވޯޓެވެ.
ޕީޕީއެމްއިން ވަނީ ދެ އިންތިހާބު ކާމިޔާބު ވުމުން ދެ ކެންޑިޑޭޓުންނަށް މަރުހަބާ ކިޔާފައި އެވެ. އަދި މެމްބަރުން ކޮށްދެއްވި މަސައްކަތަށް ޝުކުރު އަދާކޮށްފައިވެ އެވެ.
އެމްޑީޕީން ބުނީ މިއީ ނާކާމިޔާބު ދުވަހެއް ކަމަށެވެ. އެކަމަކު މެމްބަރުން ކުރި މަސައްކަތް ފާހަގަކޮށް ޝުކުރު އަދާކޮށްފައި ވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް