މިއަދުވެސް ފެނިގެން ދިޔައީ ސިޔާސީ މިނިވަންކަން އޮތްކަމުގެ ހެއްކެއް: ފައްޔާޒް

މިއަދުވެސް ފެނިގެންއެދިޔައީ ސިޔާސީ މިނިވަންކަން ރާއްޖޭގައި މިހާރު އޮތްކަން ދައްކައިދޭ ހެއްކެއްކަމުގައި މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ ޗެއާޕާސަން އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވިދާޅު...

05 Nov 2022 | 14:34

މިއަދުވެސް ފެނިގެންއެދިޔައީ ސިޔާސީ މިނިވަންކަން ރާއްޖޭގައި މިހާރު އޮތްކަން ދައްކައިދޭ ހެއްކެއްކަމުގައި މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ ޗެއާޕާސަން އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.

ފައްޔާޒް އިޝާރާތްކުރެއްވީ މިއަދު ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އިން ބޭއްވި ދާއިރާތަކުގެ އިންތިހާބުގެ ވޯޓުލުން ކުރިއަށްދިޔަ މާހައުލަށެވެ.

އެ އިންތިހާބަށް މަރުހަބާދަންނަވަމުން ފައްޔާޒް ވިދާޅުވީ ސިޔާސީ އެފަދަ ހަރަކާތްތަކަށް މިއަދުގެ ރައީސް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، ފުލުހުން ފޮނުވައިގެން ނުހުއްޓުވާކަމީ މިހާރު އޮތ ސިޔާސީ މިނިވަންކަމުގެ ހެއްކެއް ކަމަށެވެ.

"މީގެ ފަސް އަހަރު ކުރިން މަންޒަރު ކިތަންމެހާވެސް ތަފާތު، ވޯޓުފޮށި ބަލާ އޭރު އައީ ފުލުހުން" ފައްޔާޒް ވިދާޅުވެފައިވެއެވެ.

ފައްޔާޒް މިކަން ފާހަގަކުރައްވާފައިވާއިރު މާލޭގައި ޕީޕީއެމް ދާއިރާތަކުގެ ވޯޓުފޮށިތައް ބަހައްޓާފައިހުރީ ހެންވޭރު ދަނޑު ސަރަހައްދުގައެވެ. އެ ސަރަހައްދުގައި މިއަދު ވޯޓުލުން ކުރިއަށްދިޔައިރު ވަށައިގެންވާ މަގުތަކުގައި ޓްރެފިކް ބަލަހައްޓައިދިނުމާއި ހެންވޭރު ދަނޑުގެ ތެރޭގައިވެސް އެހީތެރިކަން ފޯރުކޮށްދިނުމުގައި ދިވެހި ފުލުހުން ހަރަކަކާތްތެރިވަމުންދިޔަ މަންޒަރު ފެނިގެންގޮސްފައިވެއެވެ.

https://twitter.com/faya_i/status/1588853673010302976

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް