އިންޑިއާގެ ވެރި ރަށް ނިއު ދިއްލީގެ ވައި މިދުވަސްކޮޅު ވަރަށް ބޮޑަށް ތަގައްޔަރުވެ، ބައެއް ސްކޫލުތައް ވެސް ބަންދު ކޮށްފިއެވެ.
ތާޒާ ވައިކޮޅެއް ލިބުމަށް ގިނަ ބަޔަކު އެދެމުންދާއިރު، ވައި ތަގައްޔަރުވުމުގެ ސަބަބުން ގިނަ ރައްޔިތުން މިދުވަސްކޮޅު ބޭރަށް ނުނިކުންނަ ކަމަށް ވެސް ރިޕޯޓުތަކުން ބުނެފައިވެއެވެ.
ނަމަވެސް ނިއުދިއްލީއަށް ޖެހިފައި މިވާ ކަންބޮޑުވާ ހާލަތާ ބެހޭގޮތުން މީސް މީޑިއާގައި ބައެއް މީހުން ދަނީ ޖޯކު ޖަހަމުންނެވެ. އެގޮތުން މިކަމާ ބެހޭގޮތުން ތަފާތު އެކި ވައްތަރުގެ މީމްތައް މިހާރު ވެސް އިންޓަނެޓްގައި ދައުރުވަމުން އެބަ ދެއެވެ.
އޭގެ ތެރެއިން ވެސް އެންމެ ގިނަ ބަޔަކު ރިއެކްޓު ކޮށްފައިވާ އެއް މީމްއަކީ، ހިޔާލީ އުފެއްދުމެއްގެ މައްޗަށް ބިނާ ކޮށްފައިވާ މަޝްހޫރު ސުޕަރ ހީރޯ "ސުޕަރ މޭން" ވެސް ބަލިވެ ހޮސްޕިޓަލެއްގައި އޮކްސިޖަން ގުޅައިގެން އިން ފޮޓޯއެކެވެ.
އެ ފޮޓޯގެ ކެޕްޝަންގައި ލިޔެފައިވަނީ ސުޕަރމޭނަށް ވެސް އެހާލު ޖެހުނީ ނިއުދިއްލީގެ މަގުތަކުން ދަތުރުކޮށް، ތަގައްޔަރު ވެފައިވާ ވައި އެތެރެހަށްޓަށް ދިޔުމުން ކަމަށެވެ.
އެހެން މީހަކު ބުނެފައިވަނީ، ނިއުދިއްލީގެ ވައި ތަގައްޔަރު ވެފައި ހުރުމުގެ ސަބަބުން ޔޯގާ ކޮށްގެން ބަލިވުމަށްވުރެ، ބަރުދަން އިތުރު ކޮށްގެން ދިރިހުރުން މާ ބުއްދިވެރި ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް