މިއަދު ހެނދުނުން ފެށިގެން ކުރިއަށް ދިޔަ. ނ. މަގޫދޫ ކައުންސިލްގެ އަންހެން މެންބަރު އިންތިޚާބު ކުރުމަށް ބާއްވާ ބައި- އިލެކްޝަނާއި، ލ. ކަލައިދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި-އިލެކްޝަންގެ ވޯޓުލުން މިހާރު ނިންމާލައިފިއެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނި ގޮތުގައި މި ދެ ބައި އިލެކްޝަނަށް ވެސް ވޯޓުލާން ފަށާފައިވަނީ މިއަދު ހެނދުނު 8:00 ގައެވެ. ވޯޓުލުން ނިންމާލާފައިވަނީ ހަވީރު 4:00 ގައެވެ.
މި ދެ ބައި އިލެކްޝަނަށް ވޯޓުލުމަށް ޖުމްލަ ތިން ފޮށްޓެއް އިލެކްޝަންސް ކޮމިޝަނުން ބަހައްޓާފައިވެއެވެ. އެއީ މަގޫދޫ ސްކޫލުގައި ބަހައްޓާފައިވާ ފޮށްޓަކާއި، ކަލައިދޫ ސްކޫލުގައި ބަހައްޓާފައިވާ ފޮށީގެ އިތުރުން، މާލޭގައި ދިރިއުޅޭ މި 2 ރަށުގެ ރައްޔިތުން ވޯޓުލުމަށްޓަކާ އިމާދުއްދީން ސްކޫލުގައި ބަހައްޓާފައިވާ ވޯޓު ފޮށްޓެކެވެ.
އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ގިނަ ބައި އިލެކްޝަންތަކެއް ބާއްވަން ޖެހުމުން، ލޯކަލް ކައުންސިލުތަކުގެ އިންތިހާބާ ބެހޭ ޤާނޫނަށް މިހާރު ވަނީ އިސްލާހު ގެނެސްފައެވެ. އެގޮތުން އެ އިސްލާހުގައި ބުނެފައިވަނީ އަންހެނުންގެ ކޮމެޓީތަކުގެ ބައި އިލެކްޝަންތައް އަހަރަކު އެއް ފަހަރު ދެން ބޭއްވުމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް