ކުޑަ ހުސައިންގެ ފޮށި ހޯދައިފި، "އަގުބޮޑު" ބައެއް ތަކެތި މަދު!

ކުޅިވަރު ދާއިރާ ރާއްޖޭގައި ފުޅާކޮށް ކުރިއަރުވަން މަސައްކަތް ކުރަމުން އަންނަ ޑރ. ހުސައިން ހަލީމް(ކުޑަ ހުސެއިން)ގެ ގެއްލިގެން ހޯދަމުންދާ އަގުބޮޑު ފޮށި ފެނިއްޖެ އެވެ. އެ ފޮށި ގެއްލިގެން އޭނާ ސޯޝަލް މީޑިއ...

05 Nov 2022 | 09:54

ކުޅިވަރު ދާއިރާ ރާއްޖޭގައި ފުޅާކޮށް ކުރިއަރުވަން މަސައްކަތް ކުރަމުން އަންނަ ޑރ. ހުސައިން ހަލީމް(ކުޑަ ހުސެއިން)ގެ ގެއްލިގެން ހޯދަމުންދާ އަގުބޮޑު ފޮށި ފެނިއްޖެ އެވެ.

އެ ފޮށި ގެއްލިގެން އޭނާ ސޯޝަލް މީޑިއާގައި އެކަން ހާމަ ކުރީ މިދިޔަ މަހުގެ30 ވަނަ ދުވަހު އެވެ. އެ ފޮށި ގެއްލުވީ އެ ބަދަލުވާންވެގެން ތަކެތި އެއްގެއިން އަނެއް ގެއަށް ގެންދިއުމުގެ ތެރޭގައި މަގުގެ އަނެއް ފަރާތުގައި ބެހެއްޓުމުން ހަނދާން ނެތިގެން ގެއަށް ނުވެއްދި ބެހެއްޓިފައި ހުއްޓަ އެވެ.

ކުޑަ ހުސައިން މިއަދު ފޭސްބުކް ޕޭޖުގައި ބުނެފައިވަނީ ފޮށި ހޯދުނީ ފުލުހުންނާއި އާއިލާ، ރަހުމަތްތެރިން އަދި އޭނާއަށް ަޕޯޓު ކުރާ މީހުންގެ އިތުރުން ވަގަށް ނެތްގި މީހާގެ ބޭބެއެއްެ އެހީތެރިކަމާއި އެކު ކަމަށެވެ. އޭނާ އެ ފޮށި އާންމުންނަށް ބުނެދީފައިވަނީ "މަޝްހޫރު" ފޮށީގެ ނަމުގައި އެވެ.

ކުޑަ ހުސައިން ބުނީ ފޮށި އަނބުރާ ލިބުނު އިރު އޭގައި ވަރަށް އަގުބޮޑު މުހިންމު އެއްޗެހިތަކެއް ހުރި ކަމަށެވެ. އޭގެ ތެރޭގައި އޭނާގެ ޕީއެޗުޑީ އާއި އެހެން ބައެއް ސެޓްފިކެޓުތައް ހިމެނެ އެވެ. އަދި ހާޑް ޑިސްކަކާއި ގަޑިއެއް ފެނުނެވެ.

ފޮށި ހޯދުނުނަމަވެސް އޭގެން ނަގާފައިވާ ތަކެތީގެ ތެރޭގައި ވަރަށް އަގު ބޮޑު ދެ ގަޑި، 1988 އޮލިމްޕިކް ޓޯޗް، ލެޕްޓޮޕް އަދި މަޝްހޫރު ބައެއް މީހުންގެ އޮޓޯގްރާފްސް ހިމެނެ އެވެ. އޮޓޯގްރާފްގެ ތެރޭގައި އެމެރިކާގެ ކުރީގެ މަޝްހޫރު ބޮކްސާ މުހައްމަދު އަލީގެ އޮޓޯގްރާފް ހިމެނެ އެވެ.

ކުޑަ ހުސެން ބުނެފައި ވަނީ ބައެއް އަގު ބޮޑެތި އެއްޗިހި ގެއްލުމަކީ އޭނާއަށް މާތްﷲ ދެއްވި ފިލާވަޅެއް ކަމަށެވެ. ދުނިޔެވީ ތަކެތި އެހާ މުހިންމު ނޫންކަން އޭނާއަށް މިއަދު އިހްސާސް ކުރެވިއްޖެ ކަމަށެވެ.

މި ހާދިސާއިން އޭނާއަށް ލިބުނު ތިން ފިލާވަޅަކީ މިސްކިތުގައި ޖަމާއަތުގައި ނަމާދުކުރުމަށް ފަރުވާތެރިވުމާއި، ދުނިޔެވީ ތަކެއްތި ދެކެ އެހާ ލޯބިނުވުން އަދި ހިތްތިރި މީހަކަށްވުމަށް މަސައްކަތް ކުރުން ކަމަށެވެ.

ހުސައިން ބުނީ އޭނާގެ ފޮށި ވަގަށް ނެގި މީހަ އަކީ ވައްކަމުގެ ގިނަ ރެކޯޑުތަކެއް އޮތް މީހެއް ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް