ފުލުހުން ސެކިއުރިޓީ ދެމުން ދަނިކޮށް ބަޑި ޖަހައި ޕަންޖާބު ސިޔާސީ ލީޑަރަކު މަރާލައިފި

އިންޑިއާގެ ސްޓޭޓެއް ކަމަށްވާ ޕަންޖާބުގެ އިދިކޮޅު ސިޔާސީ ލީޑަރެއް ކަމަށްވާ ސުދީރް ސޫރީ ގަޔަށް ބަޑި ޖަހައި މަރާލައިފި އެވެ. އުމުރުން58 އަހަރުގެ ސުދީރު މަރާލީ ޕަންޖާބުގެ އަމްރިތްސަރްގައި ކުރި މުޒާހަރާއެއ...

05 Nov 2022 | 07:22

އިންޑިއާގެ ސްޓޭޓެއް ކަމަށްވާ ޕަންޖާބުގެ އިދިކޮޅު ސިޔާސީ ލީޑަރެއް ކަމަށްވާ ސުދީރް ސޫރީ ގަޔަށް ބަޑި ޖަހައި މަރާލައިފި އެވެ.

އުމުރުން58 އަހަރުގެ ސުދީރު މަރާލީ ޕަންޖާބުގެ އަމްރިތްސަރްގައި ކުރި މުޒާހަރާއެއްގެ ތެރެއިންނެވެ. އޭނާ އަކީ ބަންޖާބުގެ ކަނާއަތުފިޔައިގެ ޕާޓީއެއް ކަމަށްވާ ޝިވް ޝޭނާގެ ލީޑަރެވެ.

ރިޕޯޓުތައް ބުނާގޮތުގައި އޭނާ ގަޔަށް ބަޑިޖެހީ ގިނަ އަދަދެއްގެ އާންމުންނާއި ފުލުހުންވެސް ކައިރީގައި ތިއްބަ އެވެ. އެ ފުލުހުންނަކީ އޭނާއަށް ހާއްސަ ރައްކާތެރިކަން ފޯރުކޮށްދިނުމަށް ތިބި ފުލުހުންނެވެ.

މި މައްސަލައިގަ ހައްޔަރު ކުރީ ހެދުން ވިއްކާ ފިހާރައެއް ހިންގާ ވިޔަފާރިވެރި އެއް ކަމަށްވާ ސަންދީބު ސިންގއެވެ. އެމީހާ ފަހުން ހައްޔަރުކޮށްފައިވާއިރު ސުދީރު ގަޔަށް އަމާޒުކޮށް ސަންދީޕު ފަސް ވަޒަން ފޮނުވާލި އެވެ. އޭގެ ތެރެއިން އޭނާ ގަޔަށް އަރާފައިވަނީ ދެ ވަޒަނެވެ.

އޭނާ ހޮސްޕިޓަލަށް ގެންދިޔައިރުވެސް އޮތީ މަރުވެފައިވެ އެވެ. ޕަންޖާބު ފުލުހުން ބުނީ ބުނީ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.

އޭނައަށް ފުލުހުން ސެކިއުރިޓީ ދެމުން ދިޔައީ ގޭންގުތަކުން މަރުގެ އިންޒާރު ދީފައިވަތީ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް