ޕީޕީއެމްގެ ދާއިރާތަކުގެ އިންތިހާބުގެ ވޯޓުލުން ކުރިޔަށް ދަނީ

އިދިކޮޅު މައި ޕާޓީ ޕީޕީއެމްގެ ދާއިރާތަކުގެ އިންތިހާބުގެ ވޯޓުލުން ފަށައިފި އެވެ. މި ވޯޓުލުން ކުރިޔަށް ގެންދަން ނިންމާފައިވަނީ މިއަދު ހެނދުނު10:00 ން ހަވީރު4:00 އަށެވެ. އިންތިހާބުގެ ވޯޓުލުން ރާއްޖޭގެ ހު...

05 Nov 2022 | 06:43

އިދިކޮޅު މައި ޕާޓީ ޕީޕީއެމްގެ ދާއިރާތަކުގެ އިންތިހާބުގެ ވޯޓުލުން ފަށައިފި އެވެ.

މި ވޯޓުލުން ކުރިޔަށް ގެންދަން ނިންމާފައިވަނީ މިއަދު ހެނދުނު10:00 ން ހަވީރު4:00 އަށެވެ. އިންތިހާބުގެ ވޯޓުލުން ރާއްޖޭގެ ހުރިހާ ރަށެއްގައި ކުރިޔަށް ދާނެ އެވެ.

ޕީޕީއެމްއިން ބުނީ ހަވީރު 4:00 އާއި ހަމައަށް ވޯޓުލުމަށް ކިއޫ އާއި ގުޅޭ މެންބަރުންނަށް ވޯޓު ލުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ. ވޯޓު ލާންދާ މީހާއަކީ ކާކުކަން އަންގައިދޭ ރަސްމީ ލިޔުމުގެ މުއްދަތު ހަމަވެފައިވީ ނަަމެވެސް ވޯޓު ލުމުގެ ފުރުސަތު ދޭނެ އެވެ.

އިންތިހާބުގައި ވޯޓުލެވޭނީ އިންތިހާބުގެ ކަންކަން ކުރިއަށް ގެންދިއުމަށް ހަވާލުކޮށްފައިވާ ކޮމިޓީން ވޯޓު ނަގާ މަރުކަޒުތަކަށް ފޮނުވާފައިވާ ވޯޓާސް ލިސްޓުގައި ނަން އޮތް ފަރާތްތަކަށް އެކަންޏެވެ. ރަށްރަށުގެ ވޯޓުލުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ތަނުގެ މައުލޫމާތު މެންބަރުންނަށް ފޯރުކޮށްދޭނީ އެރަށެއްގެ ސްޓިއަރިން ކޮމިޓީންނެވެ.

ޕީޕީއެމްއިން ބުނީ މާލޭގައި ވޯޓުލުން ކުރިޔަށް ދާނީ ހެންވޭރު ދަނޑުގައި ކަމަށެވެ. ހުޅުމާލޭގައި ސިންތެޓިކް ޓްރެކް ވީއައިޕީ ހޯލްގައި ކުރިޔަށްދާއިރު ވިލިމާލޭގައި ދިރިއުޅޭ ޕީޕީއެމްގެ މެމްބަރުންނަށް ވޯޓުލުމުގެ އިންތިޒާމް ހަމަޖައްސާފައިވަނީ ޔޫތް ސެންޓަރުގައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް