މާަލޭ ކާނިވާ ސަރަހައްދަށް އުދަ އަރައިފި އެވެ.
އެ ސަރަހައްދަކީ އާންމުކޮށް އުދަ އަރާ މޫސުން ތަކުގައި ވަރަށް ބޮޑަށް ލޮނު އަރާ ސަރަހައްދެކެވެ.
އެ ސަރަހައްދަށް އުދަ އެރާފައިވާ ފޮޓޯތަކާއި ވީޑިއޯތައް ގިނަ ބަޔަކު ދަނީ ސޯޝަލް މީޑިއާގައި ހިއްސާ ކުރަމުންނެވެ. އުދައިގެ ސަބަބުން އެ ސަރަހައްދުގައި ހުރި ކެފޭތަކުގެ ތެރޭގައި އޮތީ ފެންބޮޑުވެފައި އެވެ.
ކާނިވާ ސަރަހައްދުގައި ޕާކުކޮށްފައި ހުރި އުޅަނދުތަކަށްވެސް ލޮނުގެ އަސަރުކޮށް ކޮންމެވެސް ވަރެއްގެ ގެއްލުންތަކެއް ވުން އެކަށީގެންވެ އެވެ. ރޭގައިވެސް ހަމަ އެ ސަރަހައްދަށް އުދައިގެ އަސަރު ވަރަށް ބޮޑަށް ކޮށްފައިވެ އެވެ.
ކާނިވާ ސަރަހައްދަށް ވަރަށް ބޮޑަށް އުދަ އަރަމުން އައި ނަމަވެސް ސަލާމަތީ ހިދުމަތަކުން އަދި މާލޭ ސިޓީ ކައުންްސިލުންވެސް އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން ނުދާކަން ފާހަގަކޮށްލެވެ އެވެ.
ކާނިވާ ސަރަހައްދަށް އުދަ އަރާފައި މިވަނީ އުދަ އަރާނެ ކަމަށް ލަފާކޮށް ކ. އަތޮޅުން ފެށިގެން އައްޑޫ ސިޓީ އާއި ދެމެދުގެ ރަށްތަކަށް ވައިޓް އެލާތު ނެރެފައި ވަނިކޮށެވެ.
މެޓު އޮފީހުން ވަނީ ރައްކާތެރި ކަމުގެ ގޮތުން ފިޔަވަޅު އެޅުމަށް އިލްތިމާސްކޮށްފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް