ވޯލްޑް ކަޕް 2022: ގަތަރު ވޯލްޑް ކަޕަށް ދާ ކޮސްޓަރިކާ ޓީމުގެ ފައިނަލް ސްކޮޑް އިއުލާން ކޮށްފި

މިމަހުގެ 20 ވަނަ ދުވަހު ގަތަރުގައި ފަށާ ދުނިޔޭގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް ކަމުގައިވާ ފީފާ ވޯލްޑް ކަޕަށް ދާ ކޮސްޓަރިކާ ޓީމުގެ ފައިނަލް ސްކޮޑް އިއުލާން ކޮށްފިއެވެ. ގަތަރު ވޯލްޑް ކަޕަށް ދާ ކޮސްޓަރިކ...

05 Nov 2022 | 03:14

މިމަހުގެ 20 ވަނަ ދުވަހު ގަތަރުގައި ފަށާ ދުނިޔޭގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް ކަމުގައިވާ ފީފާ ވޯލްޑް ކަޕަށް ދާ ކޮސްޓަރިކާ ޓީމުގެ ފައިނަލް ސްކޮޑް އިއުލާން ކޮށްފިއެވެ.

ގަތަރު ވޯލްޑް ކަޕަށް ދާ ކޮސްޓަރިކާގެ ފައިނަލް 26 ކުޅުންތެރިންގެ ސްކޮޑު އިއުލާނު ކުރީ އިއްޔެ މިކަމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކޮސްޓްރިކާގެ ކޯޗު ލުއިސް ފެނާންޑޯ ސުއަރޭޒް އެވެ.

މީގެ ކުރިން ފަސް ފަހަރު ވޯލްޑް ކަޕުގައި ވާދަކޮށްފައިވާ ކޮސްޓްރީކާ އަށް މިފަހަރުގެ ވޯލްޑް ކަޕަކީ އެގައުމުން ކުޅޭ ހަވަނަ ވޯލްޑް ކަޕެވެ. މިފަހަރުގެ ސްކޮޑުގައި ހިމެނި 26 ކުޅުންތެރިންގެ ތެރޭގައި 2018 ގެ ވޯލްޑް ކަޕުގައި ވެސް ކުޅެފައިވާ ގިނަ ކުޅުންތެރިން ވަނީ ހިމަނާފައެވެ. އޭގެ ތެރޭގައި ގޯލް ކީޕަރު ކޭލޯ ނަވަސް، ޖޯލް ކެމްބެލް، ސެލްސޯ ބޯޖެސް އަދި ބްރިޔަލް ރުއިޒްގެ އިތުރުން އޮސްކާ ޑުއާޓޭ އަދި ޔެލްސިން ޓެޖެޓާ ހިމެނެއެވެ.

ކޮސްޓަރިކާގެ 26 ކުޅުންތެރިންގެ ފައިނަލްް ސްކޮޑް

ގޯލް ކީޕަރުން:

ކޭލޯ ނަވަސް (ޕީއެސްޖީ)،

އެސްޓިބަން އަލްވަރާޑޯ (ހެރެޑިއާނޯ)،

ޕެޓްރިކް ސެކެއިރާ (ކުލަބް ޑިޕޯޓިވޯ ލޫގޯ)

ޑިފެންޑަރުން :

ފްރާންސިސްކޯ ކަލްވޯ (ކޮންޔާސްޕޯރ)

ޚުއާން ޕަބްލޯ ވާގާސް (މިލޮނާރިއޯސް)

ކެންޑަލް ވަސްޓަން (ސަޕްރިސާ)

އޮސްކާ ޑޫއާޓޭ (އަލް ވެހްދާ)

ޑޭނިއަލް ޗަކޮން (ކޮލޮރާޑޯ ރެޕިޑްސް)

ކީޝަރ ފުލަރ (ހެރެޑިއާނޯ)

ކާލޯސް މާޓިނޭޒް (ސެން ކާލޯސް)

ބްރައިއަން އޮވިއެޑޯ (ރިއަލް ސޯލްޓް ލޭކް)

ރޮނާލްޑް މަޓަރިޓާ (ސިންސިނާޓީ)

މިޑްފީލްޑަރުން :

ޔެލްސިން ޓެޖެޑާ (ހެރެޑިއާނޯ)

ސެލްސޯ ބޯޖެސް (އަލަޖުއެލެންސް)

ޔޫސްޓިން ސަލާސް (ސަޕްރިސާ)

ރޯއަން ވިލްސަން (ގްރެސިއާ)

ގޭރްސަން ޓޮރޭސް (ހެރެޑިއާނޯ)

ޑަގްލަސް ލޮޕޭޒް (ހެރެޑިއާނޯ)

ޖުވިސަން ބެނެޓް (ސަންޑަލޭންޑް)

އަލްވާރޯ ޒަމޯރާ (ސަޕްރިސާ)

އެންތޮނީ ހެނާންޑޭޒް (ޕުންޓަރެނާސް)

ބްރެންޑަން އަގުއިލެރާ (ނޮޓިންހަމް ފޮރެސްޓް)

ބްރައިއަން ރޫއިޒް (އަލަޖުއެލެންސް)

ފޯވާޑުން:

ޖޯއެލް ކެމްޕެލް (ލިއޮން)

އެންތޮނީ ކޮންޓްރެރާސް (ހެރެޑިއާނޯ)

ޖޯހަން ވެނެގާސް (އަލަޖުއެލެންސޭ)

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް