އިނގިރޭސިވިލާތުގެ ރަށެއް ކަމުގައިވާ ވެސްޓް މިންޑްލޭންޑްސްގައި ވަގަކު ގެއަކަށް ވަންނަން އުޅުމުގެ ތެރޭގައި ކުޑަދޮރެއްގައި ތާށިވެފައި އޮއްވާ ސަލާމަތް ކޮށްފި އެވެ. އޭނާ ސަލާމަތް ކޮށްފައިވަނީ އެހީއަށްއެދި ފަސް ގަޑިއިރު ވާންދެން ގޮވި ފަހުންނެވެ.
ނޫކުލައިގެ ޖިންސެއް ލައިގެން ސްޓާކީނަކަށް އަރައިގެން ހުރި އެމީހާ ތާށިވެފައި އޮތީ ބޯކޮޅު އެތެރެއަށް ވާ ގޮތަށެވެ. އޭނާ ތާށިވެފައިވާ ފޮޓޯ، ވެސްޓް މިޑްލޭންޑްގެ ފުލުހުން އާއްމު ކޮށްފައިވާއިރު އެމީހާގެ ވަނަވަރު ފުލުހުން އާންމު ކޮށްފައެއް ނުވެ އެވެ.
އެ ފޮޓޯއާއެކު މެޓްރޯ ނޫހުގައި ލިޔެފައިވާ ހަބަރު ޓްވޯޓް ކުރަމުން ވެސްޓް މިޑްލޭންޑްގެ ފުލުހުންވަނީ ހޭޝްޓެގެއް ބުނެފަ އެވެ. އެ ހޭޝްޓެގަކީ #dontgetstuck އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް