މިދިޔަ ބުދަ ދުވަހަކީ ބޮލީވުޑް ބަތޮލު ޝާހްރުކް ޚާންގެ އުފަސް ދުވަސް ކަމުގައިވާއިރު ކޮންމެ އަހަރަކު އޭނާގެ އުފަންދުވަސް ފާހަގަ ކުރުމަށް އެތައް ހާސް ބަޔަކު، ޝާހް ދިރިއުޅޭ ގެ "މަންނަތު" ކައިރިއަށް އެއްވެ އެވެ.
މި އަހަރުވެސް އިންޑިއާގެ އެކި ސަރަހައްދުތަކުން އެތައް ހާސް ބަޔަކު މަންނަތު ކައިރިއަށް އެއްވެފައިވާއިރު އޭގެ ތެރެއިން 13 މީހެއްގެ ފޯނު ގެއްލިގެން ރިޕޯޓް ކޮށްފައިވާކަމަށް އިންޑިއާގެ ފުލުހުން ވަނީ ހާމަކޮށްފަ އެވެ.
ފުލުހުން ހާމަކޮށްފައިވާގޮތުގައި އެ 13 މީހުންގެ ތެރެއިން އެއްބަޔަކު ރިޕޯޓް ކޮށްފައިވަނީ ފޯނު ވަގަށް ނެގި ކަމުގެ ރިޕޯޓެވެ.
ކޮންމެ އަހަރަކުވެސް އެތައް ހާސް ބަޔަކު ޝާހު މެން ގޭދޮށަށް އެއްވާއިރު ކޮންމެ އަހަރަކުވެސް ސަޕޯޓަރުންނަށް ފެނިލަން ޝާހްރުކް ޚާން ނިކުމެ އެވެ. މި އަހަރުވެސް ޝާހް ވަނީ ނިކުމެ ސަޕޯޓަރުންނާއެކު ސެލްފީއެއް ނަގާފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް